އޭސީސީގެ މެމްބަރުން ވަކިކުރުމަށް ޕެޓިޝަނެއް ހުށަހަޅަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
އޭސީސީގެ މެމްބަރުން ވަކިކުރުމަށް ޕެޓިޝަނެއް ހުށަހަޅަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ވަކިކުރުމަށްރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

މި ޕެޓިޝަން ހުށައަޅަނީ ރާއްޖޭގައި ކޮރަޕްޝަނުގެ ބޮޑެތި އަމަލުތަކެއް ހިނގާފައިވާއިރު އެމައްސަލަ ނުބެލި މެމްބަރުން އިހުމާލުވެފައިވާތީއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ހަފުތާގައި ހުށަހަޅާ މި ޕެޓިޝަންގައި ސަރުކާރުން ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު ކަނޑައަޅާފައިވާ އިރު، ކޮރަޕްޝަން ނައްތާލުމަށް އަޅާ މުހިއްމު ފިޔަވަޅެއްގެ ގޮތުން، އޭސީސީގައި މިހާރު ތިއްބެވި ފަސް މެމްބަރުން މަގާމުން ވަކިކުރަން ޕެޓިޝަންގައި ވަނީ ގޮވާލައިފައެވެ.

އޭސީސީގެ ރައީސް، ހަސަން ލުތުފީ މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުކޮށް ފުލުހުން އަންނަނީ މައްސަލައެއް ވެސް ތަހުގީގު ކުރަމުންނެވެ.

 

މިއަދު އޮންލައިން