ބީއެމްއެލް އިން ކުދި ވިޔަފާރިތަކަށް ފަހިވާގޮތަށް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ބީއެމްއެލް އިން ކުދި ވިޔަފާރިތަކަށް ފަހިވާގޮތަށް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ހުޅުވާލައިފި

ބީއެމްއެލްއިން ކުދިވިޔަފާރިތަކަށް ފަހިވާގޮތަށް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ހުޅުވާލައިފިއެވެ. 

މި ޚިދުމަތް ލިބިގަތުމަށްޓަކައި މިހާރު ދައްކަންޖެހޭ ސެޓަޕް ފީ އާއި މަހަކު އެއްފަހަރު ދައްކަން ޖެހޭ މެއިންޓެނަންސް ފީ 1 މާރިޗު އިން ފެށިގެން ނުނަގާ ގޮތަށް ބޭންކުން ވަނީ ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން ސެކިއުރިޓީ ޑިޕޮސިޓެއް ބެހެއްޓުމަކާ ނުލައި މި ޚިދުމަތް ހޯދޭނެ ފަސޭހަ ގޮތްތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ.

މި ގެނެވުނު ބަދަލާ ގުޅޭގޮތުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ "އީ-ކޮމަރސް ގެ ޚިދުމަތް ދިވެހިރާއްޖޭގަައިވެސް ދަނީ ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން. މިވަގުތު ބީއެމްއެލް ޕޭމަންޓްގޭޓްވޭ ގެ ޚިދުމަތް ހޯދާ 112 މަރޗަންޓުން އެބަތިބި. އަދި މިދިޔަ އަހަރު އަޅުގަނޑުމެންގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް 1.5 މިލިއަން ޓްރާންސެކްޝަން ހަދާފައިވޭ. ވަރަށް ގިނަ ކުދި ވިޔަފާރިތަކުންނާއި އަލަށް ވިޔަފާރިފަށައިގަންނަ ފަރާތްތަކުން އެދެމުން އައީ ވީހާވެސް ލުއިފަސޭހަކޮށް މި ޚިދުމަތް އެ ފަރާތްތަކަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް" ކަމަށެވެ. 

ބީއެމްއެލްއިން ބުނެފައިވަނީ އުއްމީދަކީ ކަސްޓަމަރުންގެ ޚިޔާލާ އެއްގޮތަށް ގެނައި މި ބަދަލުގެ ސަބަބުން މި ޚިދުމަތް ހޯދާ ވިޔަފާރިތަކަށް ކުރިއެރުން ލިބި، އަދި އީ-ކޮމަރސްގެ ޚިދުމަތް ރާއްޖޭގައި އިތުރަށް ފުޅާވެގެން ދިޔުންކަމަށެވެ.

 

މިއަދު އޮންލައިން