ހިއުމަން ރައިޓްސް ކޮމިޝަނުން ހޯމް މިނިސްޓަރާ ބައްދަލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ހިއުމަން ރައިޓްސް ކޮމިޝަނުން ހޯމް މިނިސްޓަރާ ބައްދަލުކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް އާމިނަތު އީނާސް އަދި ނައިބު ރައީސް މުޙައްމަދު ޒާހިދް، ހޯމް މިނިސްޓަރު އައްޝައިޙް އިމްރާން އަބްދުﷲ އާއި  ބައްދަލުކުރައްވައިފިއެވެ.

އެކޮމިޝަނުން ބުނީ  އިއްޔެ ބޭއްވި މިބައްދަލުކުރުމަކީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް ކަމުގެ މަޤާމާއި އައްޝައިޙް އިމްރާން އަބްދުﷲ ޙަވާލުވެވަޑައިގަތުމާއި ގުޅިގެން، ތަޢާރަފްވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށާއި މި ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު ނަމްބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު)ގެ 20 ވަނަ މާއްދާއިން ކޮމިޝަނަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތު އަދާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން،މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ބެލުމުގެދަށުން ހިންގާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއިމޯލްޑިވްސް ޕޮލިސް ސަރވިސް ގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ބަލާ ތަޙްޤީގުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެވނު ކަމަށެވެ.  

މިއަދު އޮންލައިން