ނައިބު ރައީސް ޖަރުމަނުވިލާތަށް ފުރާވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ނައިބު ރައީސް ޖަރުމަނުވިލާތަށް ފުރާވަޑައިގެންފި

ޖަރުމަނު ވިލާތުގެ ބާލިންގ ގައި މި މަހު 06 އިން 10 އަށް ބާއްވާ އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސް (އައި.ޓީ.ބީ) ފެއާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިރޭ ޖަރުމަން ވިލާތަށް ފުރާވަޑައިގެންފިއެވެ. އެމަނިކުފާނު މި ފެއާގައި ބައިވެރިވެވަޑައިގަންނަވަނީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ދަޢުވަތަކަށެވެ.


މި ފެއާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެ ވަޑައިގަންނަވަނީ ރާއްޖެއިން ފެއާގައި ބައިވެރިވާ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތުންނެވެ.


އައި.ޓީ.ބީ ބާލިންގ ފެއާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެއްތަނަކަށް ޖަމާވެ ފަތުރުވެރިކަން އިސްތިހާރުކޮށް އެވިޔަފާރި މާރކެޓް ކުރުމަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ.

މިއަދު އޮންލައިން