ރައީސް ޔާމީން އައިޖީއެމްއެޗް އަށް ގެނެސްފައިވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް!

ކިޔުމަށް ހޭދަވާނީ 44ސ
ރައީސް ޔާމީން އައިޖީއެމްއެޗް އަށް ގެނެސްފައިވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، އަނެއްކާވެސް މިރޭ އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާ ދެއްވާފައިވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނެފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނީ، ރައީސް ޔާމީން ފަރުވާއަށް އައިޖީއެމްއެޗަށް ގެންނެވީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް ކަމަށާއި ނަމަވެސް އެމަނިކުފާނު ފަރުވާ ހޯއްދަވާ ކަންކަމާ ގުޅޭ މަޢުލޫމާތަކީ އެމަނިކުފާނުގެ ޒާތީ މަޢުލޫމާތުތަކެއްކަމަށެވެ. އެހެންކަމުން އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަނުން ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީން އެހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޫޓީން ޗެކަޕަކަށެވެ.

އިދިކޮޅު ޕީޕީއެމުންވެސް ބުނެފައިވަނީ ރައީސް ޔާމީން އައިޖީއެމްއެޗްގައި އެޑްމިޓްކުރި ސަބަބު އަދި ނޭނގޭކަމަށާއި، އެމަނިކުފާނުގެ ޤާނޫނީ ޓީމުން ދަނީ އެމަނިކުފާނާ ބައްދަލުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

މިއަދު އޮންލައިން