ނޭޗަރ ކޭމްޕްގައި ފުލުހުން މަޢުލޫމާތުދީފި

ކިޔުމަށް ހޭދަވާނީ 58ސ
ނޭޗަރ ކޭމްޕްގައި ފުލުހުން މަޢުލޫމާތުދީފި

ތ. ވޭމަންޑޫ ސްކޫލުން ކުރިއަށްގެންދިޔަ ނޭޗަރ ކޭމްޕްގައި ބައިވެރިވި ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންގޮސްފިއެވެ.

 ވޭމަންޑޫ ސްކޫލްގެ ގްރޭޑް 1ން ގްރޭޑް 6ށް ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން، މާރިޗު 4ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިކޭމްޕްގެ ތެރެއިން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ޓްރެފިކްގެ ނިޝާންތަކަކީ ކޮބައިކަން ދަރިވަރުންނަށް ބުނެދީފައިވެއެވެ. އަދި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމަކީ ކޮބައިކަން ބުނެދީފައިވެއެވެ.

މީގެއިތުރުން އެކްސިޑެންޓެއް ހިނގައިފިނަމަ ދަރިވަރުންގެ ފެންވަރުުގައި ކުރެވެނޭ ކަންކަމާއި ސްކޫލު ހިމެނޭ ސަރަޙައްދުގައި ހިނގާ ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމަކީ ކޮބައިކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

 ވޭމަންޑޫ ސްކޫލުގެ ގްރޭޑް 1ން ގްރޭޑް 6ށް ތަޢުލީމު ހާސިލުކުރަމުންދާ 80 ދަރިވަރުން މިޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ

މިއަދު އޮންލައިން