މާލޭގައި މިރޭ ދުއްވާފައި ދިޔަ ކާރަކުން މަސްތުވާތަކެއްޗާއެކު، ތިން ބިދޭސީން ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކާރެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ މައުލޫމަތަކާއި ގުޅިގެން އެކާރު ހުއްޓުވާ ބެލިއިރު، ފަހަތު ސީޓުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރ ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
މިމައްސަލާގައި ބަންގްލަދޭޝްގެ ތިން ރައްޔިތަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށާއި އެމީހުންގެ އުމުރަކީ 21 އަހަރާއި 25 އަހަރާއި 28 އަހަރު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
މަސްތުވާތަކެތި ގެންގުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 20:00 ހާއިރެވެ.