ސީލައިފްގެ އެމްޑީ އަމްމަޓީ ހައްޔަރުކުރަން އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެދޭން ފުލުހުން އެދިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
ސީލައިފްގެ އެމްޑީ އަމްމަޓީ ހައްޔަރުކުރަން އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެދޭން ފުލުހުން އެދިއްޖެ

ސީލައިފް ގްލޯބަލް ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަމްމަޓީ) ހައްޔަރުކުރަން އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެދޭން ފުލުހުން އެދިއްޖެއެވެ.

މިކަމާގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަހުމަދު މޫސާ ހޯދަން އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެދޭން ފުލުހުން އެދިފައިވާ ކަމަށާއި ވަރަށް އަވަހަށް އެ ނޯޓިސް އާއްމުކުރާނެ ކަމަށެވެ.

ސީ ލައިފުން ވަނީ ހުޅުމާލޭގައި ހައުސިން މަޝްރޫއުތަކެއް ހިންގުމާ ހަވާލުވެ އެކި މީހުން އަތުން އެޑްވާންސަށް ގިނަ އަދަދެއްގެ ފައިސާ ނަގަފައިފަ އެވެ. ފައިސާ ނެގުމަށް ފަހު، އެޕާޓްމެންޓްތައް ނުނިންމައި އަދި ގިނަ ބަޔަކަށް ފައިސާ އަނބުރާ ނުދިން މައްސަލައިގައި ކުންފުންޏާ ދެކޮޅަށް ވަނީ ދައުވާކޮށްފައެވެ.  

ހުޅުމާލެއިން ބޮޑު ބިމެއްގައި 3،000 ފްލެޓް އަޅަން ސީ ލައިފާ ހަވާލުކުރީ 2014 އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ. އެ އަހަރުގެ އޭޕްރީލް މަހު އެ މަސައްކަތް ކުރުމަށްޓަކައި ބިންގާ އަޅުއްވައިދެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.

މިއަދު އޮންލައިން