މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް އެމްޑީޕީން ގެންނަން ބޭނުންވާ ބޭފުޅަކު ހޮވުން ހޯމަދުވަހު!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް އެމްޑީޕީން ގެންނަން ބޭނުންވާ ބޭފުޅަކު ހޮވުން ހޯމަދުވަހު!

ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް އެމްޑީޕީން ގެންނަން ބޭނުންވާ ބޭފުޅަކު ހޮވުން އަންނަ ހޯމަދުވަހު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ މެމްބަރުންގެ މެދުގައި ވޯޓު ނަގަން ނިންމައިފިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިހުގެ މަޖިލީހަށް އިންތިހާބުުވި އެމްޑީޕީގެ މެންބަރުންނަށް އެޕާޓީން ފޮނުވި އެސްއެމްއެސް އެއްގައި ވަނީ މަޖިލިހުގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ވޯޓުގައި އެ ޕާޓީ ވިޕްލައިން ނިންމުމަށް ވޯޓަކަށް އަހަން ޖެހޭ ކަމަށާއި އެކަމަށް ގޮތް ނިންމުމުގެ ބައްދަލުވުން ބާއްވާނެ ތަނާއި ގަޑި ފަހުން އަންގާނެ ކަމަށެވެ.

މިހާތަނަށް މަޖިލީހުގެ ރައިސް ކަމަށް އެމްޑީޕީގެ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އަދި އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.

މިބޭފުޅުންގެ ތެރެއިން މަޖިލިހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވަނީ މުހައްމަދު އަސްލަމް ކަމަށް ރައީސް ނަޝިދު ބުނެފައިވާއިރު ރައީސް ސޯލިހް ވިދާޅުވެފައިވަނީ މަޖިލިހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވަނީ އަފީފް ކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި މެންބަރުން ހުވާކުރުން އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ.

 

މިއަދު އޮންލައިން