ރުށްދޮށުގޭގެ ބެލްކަންޏެއް ވެއްޓި، ބަޔަކަށް އަނިޔާވެއްޖެ!

ކިޔުމަށް ހޭދަވާނީ 57ސ
ރުށްދޮށުގޭގެ ބެލްކަންޏެއް ވެއްޓި، ބަޔަކަށް އަނިޔާވެއްޖެ!

ހ. ރުށްދޮށުގޭގެ ދެވަނަ ފަންގިފިލާގެ ބެލްކަންޏެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެއެވެ.

 

މިހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސި 18:20 ހާއިރު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވާފައިވެއެވެ.

       

ފުލުހުން ވިދާޅުވެފައިވަނީ ހެންވޭރު ގެއެއްގެ ދެވަނަ ފަންގިފިލާގެ ބައެއް، މަގުމައްޗަށް ވެއްޓި ހަތަރު މީހަކަށާއި 16 އަހަރުގެ ކުއްޖަކަށް އަނިޔާވެފައިވާ ކަމަށެވެ. އެމީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.

 

މިހާދިސާގެ ސަބަބުން، މަގުމަތީގައި އެވަގުތު ޕާކު ކޮށްފައި ހުރި ހަތަރު ސައިކަލަކަށް ވެސް ގެއްލުންވެފައިވެއެވެ.

 

ވެއްޓުނީ ހެންވޭރު ކޮން ގެއެއްގެ ބެލްކަންޏެއް ކަމެއް ފުލުހުން ވިދާޅުނުވި ނަމަވެސް، އެއީ ހ. ރުށްދޮށުގޭގެ ބެލްކަންޏެއް ކަމަށް، އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދީފައިވެއެވެ.

 

އެނގިފައިވާ ގޮތުގައި، ބެލްކަނި ވެއްޓުނު އިރު އޭގެ ދަށުވި ހަތަރު މީހެއްގެ ތެރެއިން ދެ މީހެއްގެ އަނގައާއި ނޭފަތުން ލޭ އަންނަމުން ދިޔައެވެ. އަނިޔާވި މީހުންގެ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން