ހަފްތާޢަކު 3 ދުވަހު ޑައިލިސް ހަދަމުންދާ 3 ކުދިންގެ މަންމަ އަންސާރާ އެދެނީ ކިޑްނީ ބަދަލުކުރަން ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 47ސ
ހަފްތާޢަކު 3 ދުވަހު ޑައިލިސް ހަދަމުންދާ 3 ކުދިންގެ މަންމަ އަންސާރާ އެދެނީ ކިޑްނީ ބަދަލުކުރަން ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް!

ސ. ހިތަދޫއަށް ނިޞްބަތްވާ އުމުރުން 38 އަހަރުގެ އަންސާރާ އަޙްމަދު އަކީ 2 ކިޑްނީ ފޭލްވެގެން ޑައިލިސިސް ހަދަމުންދާތާ 2 އަހަރުވެފައިވާ، މިހާރު ހަފްތާއަކު 3 ދުވަހު ޑައިލިސް ހަދަންޖެހިފައިވާ 3 ދަރިންގެ މަންމައެކެވެ. 

އެހައިގިނައިން ޑައިލިސިސް ހަދަންޖެހުމުން އަންސާރާއަށް ދިރިއުޅެންޖެހިފައިވަނީ ވަރަށް ވޭނުގައެވެ. އަންސާރާ އަށް މިހާރުވަނީ ކިޑްނީއެއް ލިބޭގޮތްވެފައެވެ. ނަމަވެސް ހަމައެަކަނި ޑޯނަރއަށްެސް 500،000 (ފަސްލައްކަ) ދިވެހި ރުފިޔާ ދޭންޖެހެއެވެ. 

އާސަންދައިން ދެނީ ހަމައެކަނި ހޮސްޕިޓަލުގެ ޚަރަދުތަކެވެ. އެއިގެ އިތުރުން ހުރުމާއި ކެއުމާއި އަދި ދަތުރުފަތުރުތަކާއި އެނޫންވެސް ޚަރަދުތައް އާސަންދައިން ނުކުރާތީ ކުރަންޖެހޭނީ އަމިއްލައަށެވެ. އެހެންކަމުން އަންސާރާ އެދި އާދޭސްކުރަނީ ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށެވެ. އެބޭފުޅަކަށް ވެދެއްވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށް ދެއްވުމަށެވެ.

އަންސާރާ އަޙްމަދު: 7203911

ބޭންކް އެކައުންޓް ނަންބަރާއި އިތުރު މައުލޫމާތު: 

މިއަދު އޮންލައިން