ރައްޔިތުން އިހުތިޖާޖުކުރުމަކީ ޓެރަރިޒަމްގެ ކުށަކަށް ވެގެން ނުވާނެ: ޢަބްދުލްޣަފޫރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރައްޔިތުން އިހުތިޖާޖުކުރުމަކީ ޓެރަރިޒަމްގެ ކުށަކަށް ވެގެން ނުވާނެ: ޢަބްދުލްޣަފޫރު


ރަށެއްގައި ސަރުކާރުން މަޝްރޫއެއް ހިންގަމުންދާއިރު މަޝްރޫއުގެ މަސައްކަތްތައް ރައްޔިތުން ޤަބޫލުކުރާ ފެންވަރަށް ނުކުރާތީ ރައްޔިތުން ނުކުމެ އިހްތިޖާޖުކޮށް ހިންގާ އަމަލުތަކަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ކަނޑައެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު ވިދާޅުވެއްޖެއެވެ.



ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުލްޣަފޫރު ވިދާޅުވީ ރައްޔިތުން ޤަބޫލު ނުކުރާ ފެންވަރުގައި ކަންކަން ކުރާނަމަ ރައްޔިތުން ނުކުމެ ދެކޮޅު ހަދާނެ ކަމަށެވެ. ކަންކަން ހުއްޓުވާނެ ކަަމަށެވެ. ނަމަވެސް އެއީ ޓެރަރިޒަމްގެ އަމަލުތައް ނޫން ކަމަށެވެ. "ސްކޫލްތައްވެސް ބަންދުކުރާނެ. މަޝްރޫއުތައްވެސް ހުއްޓުވާނެ. އެއީ ޓެރަރިޒަމްގެ ކުށެއް ނޫން."



ޢަބްދުލްޣަފޫރު ވިދާޅުވީ ޓެރަރިޒަމްގެ ނަމުގައި ޝަރީއަތްތައް ކުރާއިރު އިންސާފުވެރިވާންޖެހޭނެ ކަމަށާއި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޝަރީއަތްކޮށްފައިވަނީ އިންސާފުން ނޫންކަމަށެވެ.



ޢަބްދުލްޣަފޫރު ވިދާޅުވީ ޢަބްދުﷲ ޣާޒީ ހައްޔަރުކުމަކީ ޓެރަރިޒަމްގެ ކުށެއްނަމަ އެކަން ތަންފީޒުކުރި ސިފައިންގެ މައްޗަށް ވެސް ދައުވާ ކުރެވި ކުށް ސާބިތު ކުރެވެންޖެހޭނެ ކަމަށެވެ. އަދަބުވެސް ދެވެންޖެހޭނެ ކަަމށެވެ. ހަމައެކަނި ސިފައިންގެ އެންމެ މަތީ ވެރިޔާކަމަށްވުމުން އަދަބު ދިނުމަކީ އިންސާފެއް ނޫން ކަމަށެވެ.
މިއަދު އޮންލައިން