އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން އަމީނީ މަގުގެ މަރާމާތުގެ މަސައްކަތްތަކުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މަގު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ގެނެވޭ ބަދަލުތަކެކެވެ.

އަމީނީ މަގުގެ ހުޅަނގަށްވީ ބައިގެ ތާރުގަނޑު އުފުލި، އެ ސަރަހައްދުން ދަތުރުކުރާ ރައްޔިތުންނަށް ދަނީ ބޮޑެތި އުނދަގޫތަކަކާ ކުރިމަތިވަމުންނެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި މަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށް ތައްޔާރުވަމުންދާކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ސެގްމަންޓް 11 އަދި 12 ގެ މަސައްކަތް ނިންމާ ފުރަތަމަ ހުޅުވާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. ނަމަވެސް މަގުގެ ބައެއް ސަރަހައްދުތަކަށް ދިމާވި މައްސަލަތަކާ ގުޅިގެން މިދިޔަ އަހަރުގެ ކުރީކޮޅުވެސް މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުގެ ބައެއްގައި ތާރުގަނޑު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.

މިއަދު އޮންލައިން