އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރެޑްވޭވް ސަލީމްގެ ދަރިފުޅަށް ޕީޕީއެމް/ޕީއެންސީގެ މުލަކު ދާއިރާގެ ޓިކެޓު ލިބިއްޖެ

ރެޑްވޭވް ސަލީމްގެ ދަރިފުޅަށް ޕީޕީއެމް/ޕީއެންސީގެ މުލަކު ދާއިރާގެ ޓިކެޓު ލިބިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ މުލަކު ދާއިރާގެ ޓިކެޓު، މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ ދަރިފުޅު އިބްރާހިމް ނައުފަލު އަށް ލިބިއްޖެއެވެ.

ޕީޕީއެމް/ޕީއެންސީން ބޭއްވި ޕްރައިމަރީގައި ސަލީމްގެ ދަރިފުޅު ނައުފަލު ވަނީ މުލަކު ދާއިރާގެ ޓިކެޓް ކަށަވަރު ކުރައްވި އިރު، ސަލީމަށް ވަނީ ޕްރައިމަރީއަކާ ނުލައި އޭދަފުށީ ދާއިރާގެ ޓިކެޓު ކަށަވަރުވެފައެވެ. ސަލީމަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރެވެ. މި ފަހަކާ ޖެހެންދެން އޭނާ ހުންނެވީ މަޖިލިހުގެ މައިނޯރިޓީ ލީޑަރުގެ ގޮތުގައެވެ.

އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަލީމާއި އޭނާގެ ދަރިފުޅު ވެސް ފެނިގެންދާނެއެވެ.

ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ޕްރައިމަރީއާ ނުލައި 13 ބޭފުޅަކަށް ކަށަވަރުވީއިރު، އިއްޔެ ޕްރައިމަރީ ބާއްވާފައިވަނީ 73 ދާއިރާއަކަށެވެ. 283 ކެންޑިޑޭޓުން ޕްރައިމަރީގައި ވާދަކުރިއެވެ. މި ޕްރައިމަރީގައި ގިނައިން ޓިކެޓު ކަށަވަރު ކުރައްވާފައި ވަނީ މަޖިލިހުގެ ކުރީގެ މެމްބަރުންނެވެ. މަޖިލިހުގެ ކުރީގެ މެމްބަރުންގެ ތެރެއިން ޓިކެޓު ކަށަވަރު ނުވި ބޭފުޅުންތަކެއް ވެސް ތިއްބެވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު