ކުޅުދުއްފުށި ސިޓީގެ އޭޕްރިލް މަހުގެ ކަރަންޓު ބިލުން 50 އިންސައްތަ ޑިސްކައުންޓެއް ދޭން ފެނަކައިން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
ކުޅުދުއްފުށި ސިޓީގެ އޭޕްރިލް މަހުގެ ކަރަންޓު ބިލުން 50 އިންސައްތަ ޑިސްކައުންޓެއް ދޭން ފެނަކައިން ނިންމައިފި

ހދ. ކުޅުދުއްފުށި ސިޓީގެ މި އޭޕްރިލް މަހުގެ ކަރަންޓު ބިލުން 50 އިންސައްތަ ޑިސްކައުންޓެއް ދޭން ފެނަކައިން ނިންމައިފިއެވެ.

ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ، ރޯދަ މަހުގެ ކަރަންޓުގެ ހިދުމަތުން ކުރިމަތިވި ދަތިތަކަކަކީ އެ ކުންފުނިން ނުހަނު ކަންބޮޑުވެ ހިތާމަ ކުރާ ކަމެއް ކަމަށެވެ.

އޭޕްރިލް މަހުގެ ބިލުން މި ލުއި ދޭން ނިންމާފައިވަނީ އެކަމުގެ ފުރިހަމަ ޒިންމާ ފެނަކައިން ނެގުމުގެ ގޮތުން ކަމަށް ބުނެފައިވެއެވެ.

ފެނަކައިން ބުނީ އެ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ހުއްޓާނުލާ ކުރަމުން އަންނަކަމަށާއި މިހާރު ވެސް އާ ޖެންސެޓެއް ގެންދެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ޖެންސެޓު އިންސްޓޯލް ކުރުމުން މިހާރު ދިމާވެފައިވާ މައްސަލައަށް ވަގުތީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ ފާއިތުވީ ފަސް އަހަރު ކަރަންޓުގެ ހިދުމަތް ދިނުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރަށްރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

 

މިއަދު އޮންލައިން