އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްމާޓް މީޓަރުގެ ޕްރޮޖެކްޓާއެކު ކަރަންޓު ބިލު ކުޑަވެގެންދާނެ: މުޢާޒު

ސްމާޓް މީޓަރުގެ ޕްރޮޖެކްޓާއެކު ކަރަންޓު ބިލު ކުޑަވެގެންދާނެ: މުޢާޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

ދުވަހުން ދުވަހަށް ކަރަންޓް ބޭނުން ކުރެވޭ މިންވަރު ބެލޭނެ ސްމާޓް މީޓަރުގެ ޕްރޮޖެކްޓާއެކު ރައްޔިތުންނަށް ގިނަ ލުއިފަސޭހަތަކެއް ވެގެންދިއުމާއެކު ކަރަންޓު ބިލު ކުޑަވެގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުޢާޒު ވިދާޅުވީ، މި ނިމުނު ރަމަޟާން މަހުގެ ކަރަންޓު ބިލް ބޮޑުވެގެން ގިނަ ބަޔަކު ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ރީޑިންގ ނެގުމުގައި މައްސަލައެއް އުޅޭތޯ، ޔޫއާރއޭއިން ކަނޑަޅާފައި ހުރި މިންގަނޑުތަކަށް ބިލު ކުރެވުފައި ހުރިތޯވެސް ބެލި ނަމަވެސް އެކަހަލަ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ،

ރޯދަމަހުގެ ކަރަންޓު ބޭނުން ކުރެވުނު މިންވަރު އިތުރުވުމާއި ދުވަސްވަރު ހޫނުގަދަ ވުމުގެ ސަބަބުން ބިލް ބޮޑުވެފައިވާ ކަމަށާއި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެން ދިޔަކަންވެސް މުއާޒު ފާހަގަކުރެއްވިއެވެ. ފެނަކައިން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ސްމާޓް މީޓަރ ޕްރޮޖެކްޓު ފެށުމުން ރައްޔިތުން އިތުރަށް ހޭލުންތެރިވެ ކަރަންޓް ބޭނުން ކުރެވޭ މިންވަރު ރައްޔިތުންނަށް އެނގޭނެ ކަމަށް މުއާޒު ވަނީ ވިދާޅުވެފައެވެ.

"ފެނަކައިގެ ފަރާތުން ސްމާޓް މީޓަރ ޕްރޮޖެކްޓެއްވެސް މިހާރު ފަށައިގެން މިއުޅެނީ. މާނަ އަކީ ކޮންމެ ދުވަހަކު އެގެއަށް ކޮންޒިޔުމް ކުރެވޭ ޔުނިޓް ތަކުގެ އަދަދު އޭރުން ވަގުތުން ބެލެން ހުންނާނެ. މާނަ އަކީ މާދަމާ ނިމޭ އިރު މިހާރު ބިލަށް އަރާފައި ހުރި ވަރު އެނގޭނެ. އެހެންވީމާ އޭރުން ކަސްޓަމަރުންނަށް އެނގޭނެ އިތުރަށް އިކޮނަމައިޒް ކުރަން. އޭރުން މަގުފަހި ވެގެންދާނެ ބޭނުން ލެވެލްގައި ކަރަންޓް ބިލު ބަހައްޓަން،". މުޢާޒު ވިދާޅުވިއެވެ.

މުޢާޒު ވިދާޅުވި ގޮތުގައި ދ. އަތޮޅުގައި މިހާރު އެ ޕްރޮޖެކްޓް ކުރިއަށް އެބަދެއެވެ. އަދި ދ.ކުޑަހުވަދޫގައި މިހާރު ޕްރިޖެކްޓްގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެެވެ.

ސްމާޓް މީޓަރ ޕްރޮޖެކްޓަކީ ކުރީ ސަރުކާރުގައި ފެނަކައިން ފެށި ޕްރޮޖެކްޓެކެވެ. އެ މީޓަރަކީ ކަރަންޓު ބޭނުން ކުރަމުންދާ ގޮތުގެ ތަފްސީލު ވަގުތުން ވަގުތަށް ބަލާލެވި، ކަރަންޓު މިންކުރެވޭ ޓެކްނޮލޮޖީ އެކެވެ. ސްމާޓް މީޓަރުގެ ސަބަބުން ބޭނުންކުރާ މިންވަރު ކޮންޓްރޯލު ކުރަން ފަސޭހަވެ ކަރަންޓު އިސްރާފު ކުރުން މަދު ކުރެވޭނެ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން އޭރު ބުނެފައިވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ