އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ބޮޑު ގެއްލުމަކީ ޤައުމު ދަރަނިވެރިކުރުވުމުގަ ހާސްގުނަ މަތީ ރެކޯޑް ހެދި އެމްޑީޕީ ސަރުކާރުން، ކުންފުނިތައްވެސް ދަރަނިވެރިކުރުވައި އިނދަޖައްސުވާލުން!: މެމްބަރު ލަތީފް

އެންމެ ބޮޑު ގެއްލުމަކީ ޤައުމު ދަރަނިވެރިކުރުވުމުގަ ހާސްގުނަ މަތީ ރެކޯޑް ހެދި އެމްޑީޕީ ސަރުކާރުން، ކުންފުނިތައްވެސް ދަރަނިވެރިކުރުވައި އިނދަޖައްސުވާލުން!: މެމްބަރު ލަތީފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 19 ސިކުންތު

އާދެ ތި ހުރިހާ ބޭފުޅުންނަށްވެސް އިނގޭނެ ރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ 17 ނުވެމްބަރު 2023 ގަ ވެރިކަމާ ހަވާލުވުމަށްފަހު ރާއްޖޭގެ ހާލަތު އޮތީ ވަރަށްބޮޑަށް ދަށަށް ގޮއްސަ. މާލީ ހާލަތު ވަރަށްބޮޑަށް ދަށުގަ އޮތީ. މާލީ ހާލަތު، މާލީ ހާލަތު އެހާބޮޑަށް ދަށުގަ އޮތުމާ ގުޅިގެން ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެ، ގާތްގަނޑަކަށް 120 ބިލިއަން މި ކިޔަނީ ދަރަނިވެރިވެފަ އޮތް ވަހަކަ މިކިޔަނީ. ބޭރުގެ ދަރަންޏާއި އެތެރޭގެ ދަރަނި، 120 ބިލިއަން. 

އޭގެތެރެއިން ގާތްގަނޑަކަށް 60 ބިލިއަން އަށްވުރެ ގިނަ ރުފިޔާ މީ ނިމިގެންދިޔަ ސަރުކާރުގެ، މި 5 އަހަރު ނިމިގެން ދިޔަ ސަރުކާރުގެ ދަރަނި މީ 60 ބިލިއަނަށްވުރެ ގިނަ ފައިސާ. އަދި އޭގެ އިތުރަށް މީގަ ދިމާވާ އެންމެ ބޮޑު މައްސަލައަކީ މި ހުރިހާ ފައިސާއެއް ބޭނުންކޮށްފަ އަދި ސަރުކާރު ވަރަށް ގިނަ ކުންފުނިތައް، ގިނަ ކުންފުނިތަކެއް ނޫން ހުރިހާ ކުންފުނިތަކެއް ދަރަނިވެރިވެފަ މިއޮތީ އިންތިހާއަށް ބޮޑަށް ދަރަންޏެއްގެ ތެރޭގަ މިއޮތީ.

ދެން މީގެ ސަބަބުން މި ދިމާވާގޮތަކީ އާންމުރައްޔިތުންގެ ކުންފުނިތައް، އާންމު ރައްޔިތުންގެ ފިހާރަތަކާއި އާންމުންގެ ފަރާތުން އާންމު ރައްޔިތުން، ދިވެހި ރައްޔިތުން ފަރާތުން ހޯދާފަ ހުރި ޚިދުމަތްތައް، ދިވެހި ސަރުކާރުން ހޯދާފަ ހުރީ، ޚިދުމަތްތައް ހޯދާފަ އެ ފައިސާ ނުދައްކާ އެތައް ބިލެއް. އެކަމުގެ ސަބަބުން ކުދިކުދި ކުންފުނިތަކާއި މެދު ފަންތީގެ ކުންފުނި އަދި މި ހަމަ ބޮޑެތި ކުންފުނިތަކުންވެސް އެބަހުރި ވަރަށް ގިނަ ޢަދަދެއްގެ ފައިސާ ސަރުކާރުން ދޭން ޖެހިފަ. ކުންފުނިތަކުން އަމިއްލަ ފަރުދުންނަށާއި، އަމިއްލަ ފަރާތްތަކުގެ ކުންފުނިތަކަށް ދޭނެޖެހިފަހުރި ފައިސާ. މީ ވަރަށް ގިނަ ޢަދަދެއްގެ ފައިސާ މި ދައްކަނީ. އެތައް ބައިވަރު ފައިސާ. ހަމައެކަނި ދަރަނީގެ ގޮތުގަ އެބައުޅޭ 4.6 ބިލިއަނަށްވުރެ ގިނަ ( ބިލިއަން އަޅުގަނޑުމެން މި ކިޔަނީ) ބިލިއަނށްވުރެ ގިނަ ރުފިޔާ އެބައުޅޭ. މި 4.6 ބިލިއަނަށްވުރެ ގިނަ ފައިސާ އެބަހުރި ފެނަކައިގަވެސް. މިހެން ގޮއްސަ ބައިވަރު ފައިސާ، އަދި ހަމައެކަނި ފެނަކައެއް ނޫން. އަދި އެހެން ކުންފުނިތަކުންވެސް އަދި ވަރަށް ގިނަ ޢަދަދެއްގެ ފައިސާއެއް މިއޮތީ ސަރުކާރުން އާންމު ފަރާތްތަކަށާއި، އާންމުންގެ ކުންފުނިތަކަށް ދައްކަން. 

މި ހުރިހާކަމެއް މީގެ ޒިންމާއެއް ނަގަން މި ޖެހުނީ މިއަދުގެ ސަރުކާރުން. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޒިންމާ ނަގަން މިޖެހެނީ. މިހެން މި ދިމާވި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގަ މިހާރު ފާހަގަ ކުރެވެނީ، މި ސަރުކާރާ ހަވާލުވީމަ ސަރުކާރުގެ ހާލަތު އިނގޭނީ އެހެންނޫންތޯ؟ ސަރުކާރުގަ ހުރި ކަންކަން. 

އެހެންވީމަ ރައީސް ޑރ. މުޢިއްޒު އެމަނިކުފާނު މިކަމާ ހަވާލުވީއިރު މިހާރު ދަރަންޏެއް އޮތްކަމަށް، ދަރަނި އޮންނާނެކަމަށްވެސް ޤަބޫލުކުރޭ. އެކަމު މިވަރަށް ކަންތައްތައް މިހާ ގޯސްކޮށް ކަންތައްތައް ގޮސްފަ އޮތްކަމަށް، މި ހުރިހާ ފަރާތްތަކުން، ހުރިހާ ކުންފުނިތަކުންވެސް އެކިއެކި ދިމަދިމާލުން ރާއްޖެއާ ރާއްޖޭން ބޭރުން ޚިދުމަތްތައް ހޯދާފަ އެ ޚިދުމަތްތަކަށް ދޭނެޖެހޭ އަގު، ފައިސާއިން އަދާކުރަންޖެހޭ އަގު އެންމެ ކުޑަ މިންވަރެއްވެސް ދައްކާފަ ނެތީ. މީ ބޮޑެތި އަދަދުތަކުން އެބަހުރި. އެހެންވީމަ މި ހުރިހާ ކަމެއްގެ ޒިންމާ މި ޖަހަންޖެހެނީ މި ސަރުކާރުން ނަގަން. ރައީސް ޑރ. މުޢިއްޒު. 

އެމަނިކުފާނު މި ޒިންމާ ނަގަން ބަލާއިރު ދަޢުލަތުގެ މާލީގަ އެވަރުގެ ތަނަވަސްކަމެއް ނެތް. ދެން ހަމަ އެއާ އެއްކޮށް މި ދިމަވާގޮތަކީ ރާއްޖޭގައި މި ތެލައި ގޭހާއި ބޭހާއި ކާޑާއި މީ ރާއްޖޭގެ ރައްޔިތުންގެ ހަމަ ދުވަހުން ދުވަހަށް ޒަރޫރީ ބޭނުންތަކަށް  ބޭނުންވާ އެންމެ ކުޑަ، އެންމެ ދެރަމީހާ، އެންމެ ނިކަމެތި މީހާވެސް ބޭނުންވާނެ ކަންކަން. މި ކަންކަން ފުރިހަމަ ކުރެވޭ ވަރަށްވެސް ދަޢުލަތުގަ މާލިއްޔަތު ތަނަވަސްކަމެއް ނެތް މިއަދު. މި ހުރިހާ ކަމެއްގެ ޒިންމާ މި ނަގަނީ މިއަދުގެ ސަރުކާރުން. ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން.  ނަގަން ބަލައިލާއިރު މި ޒިންމާ މި ވޭތުވެ ދިޔަ ސަރުކާރުން، ނިމިގެންދިޔަ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މިއޮތީ ވަރަށްބޮޑަށް މި ރާޢްޖެ ދަރުވާލާފަ މިއޮތީ. ބޭރު ދުނިޔެއަށާއި އަދި ރާޢްޖޭގެ އެތެރޭގެ ދަރަނިތައް މިއޮތީ އިންތިހާއަށް. މި ދަރަނި އަދާކުރުމަށްޓަކާ އެބަޖެހޭ ބައިވަރު މަސެއްކަތްތައް ކުރަން. 

 ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު