އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއަށް މައްކާގެ ޙަރަމްފުޅުގެ ފަތުވާ ކައުންސިލް މެމްބަރު ދުކްތޫރު ޙަމްދާން ބިން ޙުމައިދު ބިން ބުރައިކް އައްސުލަމީ ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތް ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރާއްޖެއަށް ވަޑައިގެން ހުންނަވަނިކޮށެވެ.
ބުރާސްފަތި ދުވަހު ކުރެއްވި މި ޒިޔާރަތުގައި ދުކްތޫރު ޙަމްދާން ވަނީ ޤައުމީ ޔުނިވާސިޓީގެ ބައެއް އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި ޔުނިވާސިޓީގެ ކަންކަން ކުރިއަށްދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ.
ދުކްތޫރު ޙަމްދާނަކީ މައްކާގެ ޙަރަމްފުޅުގެ ފަތުވާ ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން އިސްލާމީ ޝަރީޢާއާއި ފިޤުހު ޢިލްމުގެ ދާއިރާއިން ފުންނާބު އުސް ބޭފުޅެކެވެ. އެހެންކަމުން، މި ޒިޔާރަތުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި މައްކާގެ ޙަރަމްފުޅުގެ ފަތުވާ ކައުންސިލާ ދެމެދު ގުޅުން ބަދަހިވެ، ތަޢުލީމީ އަދި ދީނީ ދާއިރާއިން އިތުރު ތަޖުރިބާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
Advertisement
24 އޮގަސްޓް 2024