އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަންޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި މާދަމާ (16 އެޕްރީލް 2025) ހިޔާ އަދި އެމްޕީއެލް ޓަވަރުތަކުން ވަގުތީގޮތުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯގެ ފަރާތުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ހިޔާ ޓަވަރުގެ H13، H14، H15 އަދި H16 އަށް ހެނދުނު 10:00 އިން 11:00 އަށް ކަރަންޓު މެދުކަނޑާލެވޭނެއެވެ. އަދި އެމްޕީއެލް ޓަވަރުތަކަށް މެންދުރު 13:30 އިން 15:00 އަށް ކަރަންޓު މެދުކަނޑާލެވޭނެއެވެ. ނަމަވެސް، މަސައްކަތް ނިމުނު ހިސާބުން އަވަހަށް ކަރަންޓު އަލުން ދޫކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯ އިން ބުނެފައިަނީ މިފަދަ ޙާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށާއި ކަރަންޓު ކަނޑާލަންޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށެވެ.
Advertisement
15 އޭޕްރީލް 2025