އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންތިޚާބުގެ ދުވަސްވަރު ރައްޔިތުން އެދުނު ކަންކަން މިގެންދަނީ ކޮށްދެމުން - ހެޔޮ ގޮތުގަ ބޭނުން ހިފާ!: ރައީސް

އިންތިޚާބުގެ ދުވަސްވަރު ރައްޔިތުން އެދުނު ކަންކަން މިގެންދަނީ ކޮށްދެމުން - ހެޔޮ ގޮތުގަ ބޭނުން ހިފާ!: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

މިދިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައްޔިތުން އެދުނު ކަންކަން ސަރުކާރުން ގެންދަނީ ކޮށްދެމުން ކަމަށާއި އެކަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. 

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ސްރީލަންކާއަށް މިއަދު ފެށްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ބައްދަލުކުރެއްވުމަސް މިއަދު ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެއިރު ލަންކާގައި ދިރިއުޅޭ ރައްޔިތުން އެދުނު ކަންކަމުގެ ތެރޭގައި ދަރިވަރުންގެ މަތީ ތައުލީމަށް ލުއި ގޮތަކަށް ލޯނު ލިބޭނެ ގޮތް ހަމަޖެހުމާއި ވިސާގެ ކަންކަން ލުއިފަސޭހަވުމާއި އާސަންދަ ލިބުން ފަދަ ކަންކަން ހިމެނުނު ކަމަށެވެ. އަދި އެކަންކަމުގެ ތެރެއިން ސްޓޫޑަންޓް ލޯނު މިހާރު ވާނީ 3% އިންސައްތައަށް ކުޑަކޮށްފައި ކަމަށާއި ދައްކަން ޖެހޭ މުއްދަތު ވެސް ވާނީ 25 އިންސައްތަ އިތުރުކޮށްފައި ކަމަށެވެ. ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އަންނަ އެޕްރިލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އާސަންދައިގެ ޚިދުމަތް ލިބެން ފަށާނެ ކަމަށެވެ. އަދި މީގެ އިތުރުން ސްރީލަންކާ އާއި އެހެން ޤައުމުތަކުގައި ތިބި ދިވެހިންނަށްވެސް ވިސާގެ ކަންކަން ލުއި ފަސޭހަ ގޮތަކަށް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. 

ރައީސް ޞާލިޙް ވަނީ ޒަމާނުންސުރެ ސްރީލަންކާއަކީ ރާއްޖެއަށް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިވެދެމުން އަންނަ ޤައުމެއްކަން ފާހަގަކުރައްވައި އެ ގުޅުން އިތުރަށް ދެމެހެއްޓުމުގެ މުހިންމުކަންވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން ރާއްޖެއިން މިނިވަންކަމަށް ކުރި މަސައްކަތުގައިވެސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ސްރީލަންކާއިން ކަމާއި ޑިމޮކްރަސީއަށް ކުރާ މަސައްކަތުގައިވެސް ސްރީ ލަންކާއިން ފޯރުކޮށްދެމުން ގެންދާ އެހީތެރިކަން ރައީސް ޞާލިހް ވަނީ ފާހަގަކުރައްވައިފައެވެ. 

ދިވެހިންނަކީ ރާއްޖެއިން ބޭރުގައި އުޅޭއިރުވެސް ޤައުމުގެ ކަރާމާތާއި ދިވެހިވަންތަކަން ހިމާޔަތްކުރާ އަބުރުވެރި ދިރިއުޅުމެއް އުޅޭ ބައަކަސް ވުމަށްވެސް ރައީސް ޞާލިޙް ވަނީ އެދިވަޑައިގެންފައެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު