އުރީދޫ ކަސްޓަމަރުން މިއަދު އިންޑިއާއަށް ކޯލްކުރުމަށް ޚާއްޞަ އަގެއް ހަމަޖައްސައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 30ސ
އުރީދޫ ކަސްޓަމަރުން މިއަދު އިންޑިއާއަށް ކޯލްކުރުމަށް ޚާއްޞަ އަގެއް ހަމަޖައްސައިފި
އިންޑިއާގެ ތިރުވަނަންތަޕޫރަމްގެ ކޮއްލަމްގައި މިއަދު ހިނގައި ދިއަ އަލިފާނުގެ ޙާދިސާއާއި ގުޅިގެން، އެސަރަޙައްދުގައި ދިރިއުޅުއްވާ އާއިލާ އާއިގާތްތިމާގެ ބޭފުޅުންނަށް ފަސޭހަކަމާއިއެކު ގުޅުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން މިއަދު، 10 އޭޕްރީލް 2016 ވަނަ ދުވަހުގެރޭ 12:00އާއި ހަމައަށް އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސްއިންޑިއާއަށް ޚާއްޞަ ރޭޓެއް ހަމަޖައްސަިފިއެވެ.

އެގޮތުން މިނެޓަކަށް 1.45ރރުފިޔާ ގެ ރޭޓުގައި ގުޅޭނެކަމަށް އުރީދޫން ބުނެއެވެ.

މި އަލިފާނުގެ ޙާދިސާއާއި ގުޅިގެން ޤާއިމްކުރެވިފައިވާ އެމަރޖެންސީ ހޮޓްލައިންއަށް ގުޅުއްވުމަށް 919497960778+ 919497930863+ ނުވަތަ 914742512344+ އަށް ގުޅުއްވުމަށް އުރީދޫން އެދެއެވެ.
މިއަދު އޮންލައިން