އެމްޓީސީސީ ގެންދަނީ ހީވެސް ނުކުރެވޭ ފަދަ މަޝްރޫއުތައް ހިންގަމުން: ރައީސް ޔާމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އެމްޓީސީސީ ގެންދަނީ ހީވެސް ނުކުރެވޭ ފަދަ މަޝްރޫއުތައް ހިންގަމުން: ރައީސް ޔާމީން
ރާއްޖޭގެ އުމްރާނީ ތަރައްޤީއަށްޓަކައި އެންމެ ގިނަ އަދި އެންމެ ބޮޑެތި މަޝްރޫއުތައް ހިންގަމުން ގެންދާ އެމްޓީސީސީ އިން މިއަދު ގެންދަނީ ހީވެސް ނުކުރެވޭފަދަ މުހިއްމު ބޮޑެތި މަޝްރޫއުތައް ހިންގަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިމޭރުމުން ވިދާޅުވީ ގއ. ދެއްވަދޫ ބަނދަރު ހުޅުއްވައިދެއްވުމަށް އެރަށުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން ވިދާޅުވީ މިއީ ފައިތުވި 2 އަހަރު ދުވަހުގެތެރޭގައި އެކުންފުނިން ހޯދި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިފަދަ ބޮޑު ކުރިއެރުމެއް ލިބިގެން އެދިއައީ ކުންފުނީގެ ހިންގުމަށް ގެނެވުނު ބޮޑު ބަދަލާއި ސަރުކާރުން ކުންފުންޏަށް ކުރި އިތުބާރާއި ފޯރުކޮށްދިން އެހީތެރިކަމުގެ ބޭނުން ކުންފުނިން ހެޔޮގޮތުގައި ހިފުމުން ކަމަށެވެ.

އެމްޓީސީސީ އިން މިދިއަ އަހަރު ރކޯޑު އަދަދެއްގެ ފައިދާ ހޯދާފައިވާކަމާއި ސަރަހައްދުގައިވެސް އަދި ނެތް ފެންވަރުގެ ބޮޑު ޑްރެޖަރެއް މިއަހަރު ތެރޭގައި އެމްޓީސީސީއަށް ގެންނާނެ ކަންވެސް ރައީސް ޔާމީން ވަނީ ފާހަގަކުރައްވައިފައެވެ.

ދެއްވަދޫގައި އެމްޓީސީސީ އިން ތަރައްޤީކޮށްފައިވަނީ 600 ފޫޓު، 280 ފޫޓުގެ ބަނދަރެކެވެ. މިއީ 32 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާފައިވާ މަޝްރޫއެކެވެ.
މިއަދު އޮންލައިން