އުރީދޫއިން މުޅިން އާ ޕެކޭޖުތަކެއް ތަޢާރަފްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
އުރީދޫއިން މުޅިން އާ ޕެކޭޖުތަކެއް ތަޢާރަފްކޮށްފި
އުރީދޫގެ ޑޭޓާ ޕެކޭޖްތަކަށް އާ ބަދަލުތަކެއް ގެނެސް، އާ މޮބައިލް ޑޭޓާ ޕެކޭޖްތަކެއް ތަޢާރަފްކޮށްފިއެވެ.

އުރީދޫއިން ބުނެފައިވަނީ މި ބަދަލުތަކާއެކު، ހިލޭ ވަޓްސްއެޕް އަދި ޓްވިޓަރ ބޭނުންކޮށް، ކޮންމެ ލޯކަލް ނެޓްވަރކް އަކަށް ވެސް ހިލޭ ގުޅުމުގެ ފުރުސަތު ލިބިގެންދެއެވެ.

"ދިވެހިރާއްޖޭގައި މޮބައިލް ޑޭޓާގެ ޚިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް ފާހަގަކުރެވޭ ފަދަ ކުރިއެރުންތަކެއް ގެނައުމުގައި، އުރީދޫ އިން އިސްރޯލެއް ކުޅެފައިވާއިރު، ދިވެހީންގެ ތެރެއިން އެންމެ ގިނަ ބޭފުޅުން މޮބައިލް އިންޓަނެޓްގެ ޚިދުމަތް ހޯއްދަވާ ނެޓްވަރކް އަކީ އުރީދޫ. އަޅުގަނޑުމެންގެ އާންމު ހަޔާތުގައި އިންޓަނެޓުގެ ދައުރު އެއްދުވަހުން އަނެއް ދުވަހަށް ފުޅާވަމުންދާ ހިނދު، އިތުރަށް ފުރިހަމަ ކުރެވިފައިވާ ޑޭޓާ ޕެކްތަކެއް ގެނެސްދިނުމާއިއެކު، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އިންޓަނެޓުގެ ފައިދާތައް ހޯދުމުގައި އިތުރު ފަސޭހަކަމެއް ލިބިގެންދާނެ." އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.

އުރީދޫ ޑޭޓާ ޕެކޭޖުތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޭނުންކުރެވޭއިރު، މިޕެކޭޖުތައް ސްމާޓްފޯނުން އަދި ބްރޯޑްބޭންޑް ޑިވައިސްތަކަށްވެސް އެކްޓިވޭޓް ކުރެވޭނެއެވެ.

އުރީދޫއިން ބުނެފައިވަނީ އެންމެ ފުރިހަމަ އަދި އެންމެ ބޮޑު ޑޭޓާ އެލަވަންސްތައް އެކުލެވޭ އުރީދޫގެ މޮބައިލް ޑޭޓާ ޕެކޭޖުތަކަށް ވަނީ ރާއްޖޭގެ ރައްޔިތުންގެ ވަރަށްބޮޑު މަގުބޫލުކަމެއް ލިބިފައިވާކަމަށެވެ.

30 އެމްބީ އިން ފެށިގެން 200 ޖީބީ އާއި ހަމައަށް މޮބައިލް ޑޭޓާ އެލަވަންސް ލިބިގެންދާ އިރު، އުރީދޫގެ ޑޭޓާ ޕެކޭޖްތައް ފަރުމާކުރެވިފައިވަނީ، އެކި ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށެވެ.
މިއަދު އޮންލައިން