ކާމިޔާބުކަމާއެކު ޓްރަޔަލް ނިންމާލުމަށްފަހު އުރީދޫ މޮބައިލް މަނީގެ ޚިދުމަތް ރާއްޖޭގައި ދޭންފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 8ސ
ކާމިޔާބުކަމާއެކު ޓްރަޔަލް ނިންމާލުމަށްފަހު އުރީދޫ މޮބައިލް މަނީގެ ޚިދުމަތް ރާއްޖޭގައި ދޭންފަށައިފި
ކާމިޔާބުކަމާއެކު ޓްރަޔަލް ނިންމާލުމަށްފަހު އުރީދޫއިން މޮބައިލްމަނީގެ ޚިދުމަތް އިފްތިތާޙުކޮށްފިއެވެ. މިއަދު ތަޢާރަފް ކުރެވުނު މޮބައިލްމަނީގެ ޚިދުމަތާއިއެކީ ރައްކާތެރި އަދި ފަސޭހަކަމާއިއެކު މޮބައިލްފޯނު މެދުވެރިކޮށް ފައިސާގެ މުޢާމަލާތްތައް ކުރުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ހުޅުވިގެންދާނެކަމަށް އުރީދޫން ބުނެއެވެ.

ޚިދުމަތުގެ ރައްކާތެރިކަން ޔަޤީންކުރުމުގެ ގޮތުން ކަނޑައެޅިފައިވާ ވަކި ޢަދަދެއްގެ ކަސްޓަމަރުންނަށް ހުޅުވާލެވިގެން ކުރިއަށްދިއަ އުރީދޫ މޮބައިލްމަނީ ޕައިލޮޓް ސްޓޭޖް ފަށާފައިވަނީ މާރޗް 2016ގައެވެ. ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއަ މި ޕައިލޮޓް ސްޓޭޖް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ކަނޑައަޅާފައިވާ ރެގިޔުލޭޝަންގެ ތެރެއިންނެވެ.

އުރީދޫއަށް މޯބައިލްމަނީގެ ކޮމާޝަލް ލައިސަންސް އެމްއެމްއޭއިން ޙަވާލުކޮށްފައިވަނީ މިއަދު މެންދުރުފަހު ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މޮބައިލްމަނީގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފް ކުރެވިގެންދިއުމާއެކު ރާއްޖޭގެ ކަންކޮޅުތަކުގައި ކޮންމެ ނެޓްވާކެއް ބޭނުންކުރައްވާ ކަސްޓަމަރަކަށްވެސް މިޚިދުމަތް ބޭނުންކުރެވޭނެއެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ މިއަދު ވިދާޅުވީ ދިވެހިރާއްޖެއަށް މޯބައިލްމަނީ ތަޢާރަފްކޮށް، މުޖުތަމަޢުގެ އެކި ކަންކޮޅުތަކަށް މި ޚިދުމަތް ފުޅާވެގެން ދިއުމަކީ އުރީދޫއަށް ލިބިގެންދާ ވަރަށްބޮޑު ފަޚުރެއް ކަމަށާއި އަދި މިއީ ޑިޖިޓަލް މޯލްޑިވްސް އަކަށް ވާޞިލްވުމަށް އުރީދޫން ކުރަމުންދާ ދަތުރުގައި އެޅުނު މުޙިއްމު ފިޔަވަޅެކަމަށެވެ. އުރީދޫ މޮބައިލް މަނީ ޚިދުމަތަކީ ފަސޭހަކަމާއިއެކު ދިވެހިރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ މަގެއް ކަމަށާއި މިއީ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ހުޅުވާލެވޭ މުޅިން އާ ދޮރެއް ކަމަށެވެ.

މޮބައިލް މަނީގެ ޚިދުމަތަކީ އެންމެ އާދައިގެ މޯބައިލް ފޯނެއް ބޭނުންކުރައްވައިގެން، ކޮންމެ ތަނަކު، ކޮންމެ ވަގުތަކުވެސް ފައިސާ ޖަމާކުރުމާއި ފައިސާނެގުން، ބިލް ދެއްކެވުމާއި ޕްރީޕެއިޑް ރިޗާރޖް ކުރުންފަދަ ފައިސާގެ މުޢާމަލާތްތައް ފަސޭހަކަމާއިއެކީ ކުރެއްވޭނެ ޚިދުމަތެކެވެ.

މި ޚިދުމަތް ލިބިގެންދާނީ ކަސްޓަމަރުގެ އައިޑީކާޑު އަދި މޯބައިލް ނަމްބަރ އާ ގުޅިފައިވާ އުރީދޫ މޮބައިލް މަނީ ޚިދުމަތަށް ޚާއްޞަ އެމްވޮލެޓް މެދުވެރިކޮށެވެ. އެޕަލް އެޕްސްޓޯރ އަދި ގޫގްލް ޕްލޭ ގައިވާ މޮބައިލް މަނީ މޯލްޑިވެސް އެޕް މެދުވެރިކޮށް ފަސޭހަކަމާއިއެކު އުރީދޫ މޯބައިލްމަނީ ގެ ޚިދުމަތް ލިބިވަޑައިގަންނަވާނެއެވެ. އަދި ޔޫއެސްއެސްޑީ މެދުވެރިކޮށް #789* އަށް ގުޅުއްވައިގެންވެސް މި ޚިދުމަތް ބޭނުންފުޅު ކުރެއްވޭނެއެވެ

އުރީދޫ މޮބައިލް މަނީ އަކީ ހުރިހާ ގޮތަކުންވެސް ވަރަށް ފަސޭހަ ޚިދުމަތަކަށް ވުމާއެކު، ކޮންމެ ކަސްޓަމަރަކަށްވެސް ޔޫއެސްއެސްޑީ، ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އަމިއްލައަށް ރަޖިސްޓަރ ކުރެވޭނެއެވެ. ކަސްޓަމަރުން ބޭނުންފުޅުވާނަމަ އެންމެ ކައިރީގައިވާ އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް، ނުވަތަ އުރީދޫ މޮބައިލް މަނީ އޭޖެންޓަކަށް ޒިޔާރަތް ކުރެއްވުމުން ވަގުތުން ރަޖިސްޓަރީ ކޮށްލެވޭނެއެވެ. ހަމަ އެހެންމެ، އުރީދޫ އެކްސްޕީރިއަންސް ސެންޓަރ ނުވަތަ އުރީދޫގެ މޮބައިލް މަނީ އޭޖެންޓް ފިހާރަތައް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނެގޭނެއެވެ. މި ޚިދުމަތް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް އުރީދޫގެ މޮބައިލް މަނީ ކަސްޓަމަރުންގެ މެދުގައި ފައިސާ ޓްރާންސްފަރ ކުރުމުގެ އިތުރުން ޕްރީޕެއިޑް ރިޗާރޖްކޮށް ބިލްތައް ދެއްކޭނެއެވެ
.
ރައްކާތެރިކަމާ ފަސޭހަކަމާއިއެކު މި ޚިދުމަތް ލިބޭނޭމަގު ތަނަވަސްކޮށްދިނުމުގެ ގޮތުން އުރީދޫއިން ދަނީ އެމްއެމްއޭ، މޯލްޑީވްސް އިސްލާމިކް ބޭންކް، ސްޓެލްކޯ، އެސްޓީއޯ، އެވްރިތިންގ ރެޑް، އައިބޭ، ފެމިލީރޫމް ކެފޭ، އަދި ވެސްޓޯރ އާއި ގުޅިގެން މި ޚިދުމަތް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ
.
މިއަދު އޮންލައިން