ރޯދަމަހަށް އުރީދޫގެ ކަސްޓަމަރުންނަށް އިތުރު ފައިދާ ފޯރުކޮށްދެނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 39ސ
ރޯދަމަހަށް އުރީދޫގެ ކަސްޓަމަރުންނަށް އިތުރު ފައިދާ ފޯރުކޮށްދެނީ
ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުވައި، ރަމަޟާން މަސް އިތުރަށް ފުރިހަމަކޮށްދިނުމުގެ ގޮތުން، އުރީދޫގެ ކަސްޓަމަރުންނަށް 0 އާއި ހަމައަށް އިތުރު ފައިދާތަކެއް ލިބިގެންދާ ވަރަށް ޚާއްސަ ޚިދުމަތްތަކަކާއި ޕްރޮމޯޝަންތަކެއްއުރީދޫ އިން މިއަދު ތަޢާރަފް ކޮށްފިއެވެ.

ބަރަކާތްތެރި ރަމަޟާންމަހަށް ޚާއްސަކޮށް ތައާރަފްކުރެވުނު ޚިދުމަތްތަކުގެތެރޭގައި ހިމެނޭ "ރިފަރ އެންޑް ވިން ޕްރޮމޯޝަން މެދުވެރިކޮށް އެއް އަހަރު ދުވަހުގެ އެޕަރޓްމަންޓް ކުލި ހިލޭ ހޯއްދަވާ އަކީ އުރީދޫގެ ޚިދުމަތްތައް އާއިލާގެ މެމްބަރަކު ނުވަތަ ރައްޓެއްސަކަށް ތައާރަފްކުރުމާއިއެކު، އުރީދޫ އާއި ގުޅުމަށް ރިފަރ ކުރަށްވާ ބޭފުޅަކަށް 3 ޖީބީ އާއި ހަމައަށް ހިލޭ ޑޭޓާ ލިބި، އެއް އަހަރު ދުވަހުގެ މުއްދަތަށް އެޕަރޓްމެންޓެއް ހިލޭ ހޯދުމުގެ ފުރުސަތު ލިބޭނެ ޚިދުމަތެކެވެ. 200000 ރުފިޔާގެ މި ގްރޭންޑް ޕްރައިޒް ލިބުމުގެ ފުރުސަތު ރިފަރ ކުރެއްވި ބޭފުޅާގެ އިތުރުން، އުރީދޫ އާއި އަލަށް ގުޅުނު ކަސްޓަމަރަށް ވެސް އޮންނާނެއެވެ. އުރީދޫ އާއި އަލަށް ގުޅެން ބޭނުންފުޅުވާ ކަސްޓަމަރުންނަށް އާ ނަމްބަރެއް ޚިޔާރުކޮށްގެން، ނުވަތަ ނަމްބަރު ބަދަލު ނުކޮށްވެސް އެންމެ ފުރިހަމަ ނެޓްވަރކް އިޚްތިޔާރު ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

ރިފަރ އެންޑް ވިން ޕްރޮމޯޝަން ކުރިއަށްދާނީ ރަމަޟާން މަހުން ފެށިގެން، އޮގަސްޓް މަހުގެ ނިޔަލަށެވެ. އަދި ގްރޭންޑް ޕްރައިޒްގެ ލަކީ ޑްރޯ ނެގޭނީ ސެޕްޓެމްބަރ މަހުގެ ތެރޭގައި އެވެ. މި ޕްރޮމޯޝަންގާއި ބައިވެރިވުމަށް، “REFER” ޖައްސަވާފައި 5959 އަށް މެސެޖްކުރުމުން ލިބޭ ކޯޑް، އުރީދޫ އާއި ގުޅެން ބޭނުންވާ ކަސްޓަމަރުމެދުވެރިކޮށް، ނަމްބަރު އެކްޓިވޭޓް ކޮށްދެއްވާ ފަރާތާއި ހަވާލުކުރަށްވާށެވެ.

ގިފްޓް އަ ޑޭޓާ ޕެކް. އަކީ ރަމަޟާން މަހަކީ ގާތްތިމާގެ މީހުންނާއި ގުޅުންބަދަހިކޮށް، އެކަކު އަނެކަކަށް އެހީތެރިވާ މަހަކަށް ވާ ހިނދު، އުރީދޫގެ ގިފްޓް އަ ޑޭޓާ ޕެކް މެދުވެރިކޮށް، އާއިލާ އާއި ރައްޓެހިންނަށް ވަރަށް ފަސޭހަކަމާއި އެކު ޑޭޓާ ޕެކޭޖް ހަދިޔާ ކުރެވޭނެ ޕެކެކެވެ، ޑޭޓަރ ޕެކް އެއް ހަދިޔާ ކުރެއްވުމަށް، *929# ޖައްސަވައި، "އުރީދޫ ޑޭޓާ ޕެކްސް" ޚިޔާރުކުރެއްވުމަށްފަހު، "ގިފްޓް ޑޭޓާ" ސެކްޝަން މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ.

ރަމަޟާންމަހުގައި، އުރީދޫ ކަސްޓަމަރުންނަށް 0 އާއި ހަމައަށް އިތުރު ފައިދާ އަކީ މައި އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ޑޭޓާ ޕެކޭޖް އެކްޓިވޭޓްކުރައްވާ ކޮންމެ ބޭފުޅަކަށްވެސް، ބައްލަވައިގަނެވުނު އަދަދުގެ 0 އިތުރު ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ ޚިދުމަތެކެވެ.

ރަމަޟާން މަހުގެ ތެރޭގައި 100 ރުފިޔާއަށް ވުރެ އިތުރުން ކުރަށްވާ ކޮންމެ ރީޗާޖް އަކަށް %25 އާއި ހަމައަށް ބޯނަސް ކްރެޑިޓް ލިބޭނެއެވެ. ބޯނަސް ކްރެޑިޓްގެ ވެލިޑިޓީ #200* ޖެހުމުން ޗެކުކުރެވޭނެއެވެ.

ބަރަކާތްރެރި ރަމަޟާން މަހުގެ ތެރޭގައި، ރާއްޖޭން ބޭރަށް ގުޅުމަށް %25 އާއި ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. ހަފްތާ ބަންދުތަކުގައި، ރާއްޖޭން ބޭރުގައި ތިބި އާއިލާ ރައްޓެހިންނަށް ގުޅުމަށް ޚާއްސަކުރެވިފައިވާ މި އޮފަރ މެދުވެރިކޮށް، ވަރަށް ފުރިހަމަ އަގުތަކުގައި އިންޑިޔާ، ސްރީލަންކާ، ނޭޕާލް އަދި ސައުދީ އަށް ގުޅާލުމަށް، ފޯން ނަންބަރުގެ ކުރިޔަށް 011 ޖެއްސެވުމުން މި އޮފަރ މެދުވެރިކޮށް ގުޅުއްވޭނެއެވެ.

އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް ސައުދީގައި ރޯމިންގެ ޚިދުމަތް ބޭނުންކުރާއިރު، އިންކަމިންގް ކޯލް އަދި އައުޓްގޮއިންގް ކޯލް ތަކުންވެސް %25ގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.

ރޯދަމަހު މުޅިން ހިލޭ ލިބޭ ޚިދުމަތްތަކަކީ އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ހޯދުމާއި ރީތި ޓިއުންސް ޚިދުމަތް މެދުވެރިކޮށް ކީރިތި ޤުރުއާންގެ ތަރުޖަމާއަދި މަދަހަ އަޑުއެހުމާއި
އެސްއެމްއެސް މެދުވެރިކޮށް ދީނީ ނަސޭހަތް އަޑުއެހުމާއި އެސްއެމްއެސް މެދުވެރިކޮށް ކެއްކުމާއި ބެހޭ މައުލޫމާތު ހޯދުމެވެ.

ފާއިތުވެދިއަ އަހަރުތަކާއި އެއްފަދައިން އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުންކުރައްވައިގެން ފިތުރު ޒަކާތް ދެއްކޭނެއެވެ. ފިތުރު ޒަކާތް ދެއްކެވުމަށް *909# އަށް ގުޅުއްވުމުން، އެއްވެސް އިތުރު އަގަކާއި ނުލާ ޒަކާތް ދެއްކޭނެއެވެ.

އުރީދޫއިން ރަމަޟާންމަހަށް ހާއްސަ ޕްރޮމޯޝަންތަކާއި ޚިދުމަތްތަކުގެ އިތުރު މައުލޫމާތު އަދި ތަފްސީލް ooredoo.mv މެދުވެރިކޮށް، ނުވަތަ 9612345 އަށް ގުޅުއްވުމަށްފަހު 1 ޖެއްސެވުމުން ލިބިވަޑައިގަންނަވާނެއެވެ.
މިއަދު އޮންލައިން