ހުޅުމާލޭގައި 95 މިކްސްޑް ޔޫޒް ރެޒިޑެންޝަލް ޔުނިޓް އެޅުމަށް ދަމާސް އާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި ޔުނިޓްތައް އެޅުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ އިން ތަރައްޤީކުރި ހޮޓާ ކައިރިން ގޮނޑުދޮށުގައެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ 26 މަސްދުވަހުން މަސައްކަތް ނިންމުމަށެވެ.
މިއީ 7000 މީހުންނަށް އަމާޒުކޮށްގެން އަލަން ހަމަޖެހިފައިވާ 700 ޔުނިޓުގެ ތެރެއިން ބައެކެވެ.
ތަފާތު ފެންވަރަށް އަމާޒުކޮށްގެން ހުޅުމާލޭގައި ހައުސިންގ ޔުނިޓް އެޅުމަށް އެޗްޑީސީ އިން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
ހުޅުމާލޭގައި ހައުސިންގ ޔުނިޓު އެޅުމަށް ރާއްޖެއާއި ބޭރުގެ ކުންފުނިތަކުން ގެންދަނީ ޝައުޤުވެރިކަން ފައުޅުކުރަމުންނެވެ.