އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް އިން ޔޫރޯއަށް ހާއްސަކޮށް ހިޓާޗީ ޓީވީ މާކެޓަށް ނެރެފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް އިން ޔޫރޯއަށް ހާއްސަކޮށް ހިޓާޗީ ޓީވީ މާކެޓަށް ނެރެފި
އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް އިން ކުރިއަށްދާ ޕްރޮމޯޝަން ޔޫރޯފޯރިއާގައި އަގުހެޔޮކޮށް ކަސްޓަމަރުންނަށް ޓީވީ ފޯރޮކޮށްދިނުމުގެ ގޮތުން އެސްޓީއޯއިން ހިޓާޗީ ބްރޭންޑްގެ ޓީވީ މާކެޓަށް ނެރެފިއެވެ.

އެސްޓީއޯއިން ބުނީ މި ޓީވީތަކަކީ ޔޫރޯއަށް ހާއްސަކޮށް އެސްޓީއޯއިން ގެނައި ޓީވީތަކެއް ކަމަށާއި އަދި މިވަގުތު ރާއްޖޭގެ މާކެޓުން ލިބެންހުރި އެންމެ އަގު ހެޔޮ، ކޮލިޓީ ރަނގަޅު ޓީވީ ތަކުގެ ތެރޭގައި ހިޓާޗީ ބްރޭންޑްގެ ޓީވީ ހިމެނޭކަމަށެވެ.

އެސްޓީއޯ އިން މައުލޫމާތު ދިން ގޮތުގައި މި ޕްރޮމޯޝަންގައި ހިޓާޗީ ބްރޭންޑްގެ ޓީވީތަކުގެ ތެރެއިން 3 މޮޑެލްއެއްގެ ޓީވީ ބައްލަވައިގަތުމުން މީޑިއާނެޓްގެ އޯޕެން ޓީވީ މޮޑެމްއެއް ގިފްޓެއްގެ ގޮތުގައި ލިބިގެންދާނެއެވެ.

މިގޮތުން މޮޑެލް ތަކަކީ:
 HITACHI LED TV 50" LE50VZS01AI
 HITACHI LED TV 55" LD55SY11A
 HITACHI LED TV 65" LD65SY11A

އެސްޓީއޯއިން އިން ބައްލަވައިގަންނަވާ ހިޓާޗީ ބްރޭންޑްގެ ކޮންމެ ޓީވީ އަކަށް އެއް އަހަރު ދުވަހުގެ ސަރވިސް ވޮރެންޓީ ލިބިވަޑައިގަންނަވާނެ އެވެ. އަދި ސަރވިސްގެ ހިދުމަތް އެސްޓީއޯ ސަރވިސް ސެންޓަރ އިން ލިބިވަޑައިގަންނަވާނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 30 ޖޫން 2016ގެ ނިޔަލަށެވެ.
މިއަދު އޮންލައިން