ޔޫރޯގެ ލައިވް ބްރޯޑްކާސްޓް ކުރުމަށް އުރީދޫ އިން އޯޕަން ޓީވީ އާއި ގުޅިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 23ސ
ޔޫރޯގެ ލައިވް ބްރޯޑްކާސްޓް ކުރުމަށް  އުރީދޫ އިން އޯޕަން ޓީވީ އާއި ގުޅިއްޖެ
ރާއްޖޭގައި މުޅިން އަލަށް މޮބައިލް ޕްލެޓްފޯމް އެއްގައި ލައިވްކޮށް ޔޫރޯބަލާލުމުގެ ފުރުސަތު ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށް

އުރީދޫ އާއި އޯޕަންޓީވީއާއި ގުޅިއްޖެއެވެ. އޯޕަން ޓީވީ މެދުވެރިކޮށް، ކޮންމެތަނެއްގައި ތިބެގެންވެސް ކަސްޓަމަރުންނަށް، އެބޭފުޅުންގެ ސްމާޓްފޯންތަކުންނާއި، ޓެބްލެޓް އަދި ޕީސީ ބޭނުންކުރައްވައިގެން ޔުއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ މެޗުތައް ލައިވްކޮށް ބަލާލެވޭނެއެވެ.

އުރީދޫގެ ކަސްޓަމަރުންނަށް ޔޫރޯ 2016ގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ވަރަށް ހެޔޮއަގުގައި ޔޫރޯގެ މެޗްތަށް ލައިވްކޮށް ބެލޭނެ، ޚާއްސަ ޑޭޓާ ޕެކްތަކެއް އުރީދޫ އިން މިއަދު ވަނީ ތައާރަފްކޮށްފައެވެ.

އުރީދޫގެ ޔޫރޯ ޑެއިލީ ޕެކް އަދި ޔޫރޯ ސީޒަން ޕެކް ޚިޔާރުކުރައްވާ ބޭފުޅުންނަށް އޯޕަން ޓީވީގެ ޔޫރޯ އަށް ހާއްސަކުރެވިފައިވާ ޗެނަލް އަށް އަންލިމިޓެޑް އެކްސެސް ލިބިގެންދާނެއެވެ.

އުރީދޫއިން ބުނެފައިވަނީ އެންމެ 150 ރ. އަށްޔޫރޯގެ ހުރިހާ މެޗްތަކެއްވެސް ބަލާލުމުގެ ފުރުސަތު ހޯދައިދޭ އުރީދޫގެ ޔޫރޯ ސީޒަން ޕެކް ޕްރީބުކް ކުރަށްވާ ފަރާތްތަކަށް، 300 އެމްބީގެ ހިލޭ ޑޭޓާ ލިބިގެންދާނެކަމަށާއި މި ޕެކްއަށް ޕްރީ ބުކް ކުރެވޭނީ މާދަމާ (10 ޖޫން) ގެ މެންދުރު 12.00 ޖެހުމުގެ ކުރިންކަމަށެވެ.

"މުޖުތަމައުއަށް މުހިއްމުވާ މިފަދަ މުނާސަބާތަކުގައި ބައިވެރިވެ، ކަސްޓަމަރުންނަށް ކުރެވޭ ތަޖުރިބާތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަކީ އުރީދޫއިން ވަރަށް އިސްކަންދޭ ކަމެއް. އޯޕަން ޓީވީ އާ ގުޅިގެން، ދިވެހިރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ޔޫރޯ 2016ގެ މެޗުތައް ބަލާލުމުގެ ފުރުސަތު ހޯދައިދެވުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް." އުރީދޫގެ ސީއީއޯ، ވިކްރަމް ސިންހާ ވިދާޅުވިއެވެ.

"އޯޕަން ޓީވީ އާއި އުރީދޫގެ ޚިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންނަށް، ޔުއެފާ ޔޫރޯ 2016 ގެ 51 މެޗު، އެ ބޭފުޅުންގެ މޮބައިލް ޑިވައިސްތަކުން ބަލާލުމުގެ ފުރުސަތު ހޯދައިދެވުންކަމަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވަން." މީޑިޔާނެޓްގެ ސީއީއޯ، އަހުމަދު ޝަފީއު ވިދާޅުވިއެވެ.

ޔޫރޯ ޑެއިލީ ޕެކް ނެންގެވުމަށް، ޖެއްސެވުމަށްފަހު 5505އަށް އެސްއެމްއެސް ކުރެއްވުމުން ޔޫރޯ ޑެއިލީ ޕެކްއަށް ސަބްސްކްރައިބް ކުރެއްވޭނެއެވެ. ޔޫރޯ ސީޒަން ޕެކް ނެންގެވުމަށް ޖެއްސެވުމަށްފަހު 5505އަށް ފޮނުއްވުމުން ޚިދުމަތް ލިބިވަޑައިގަންނަވާނެއެވެ. #929* އަށް ޑައިލްކުރައްވައިގެންވެސް ކަސްޓަމަރުން ބޭނުންފުޅުވާ ޕެކޭޖްއެއް ނެންގެވޭނެއެވެ. ސަބްސްކްރައިބް ކުރެއްވުމާއި އެކު، ޔޫރޯގެ މެޗުތައް ބައްލަވާލެއްވުމަށް ބޭނުންވާ ޔޫޒަރ ނޭމަކާއި ޕާސްވޯޑެއް ލިބިވަޑައިގަންނަވާނެއެވެ.

އައިއޯއެސް ޑިވައިސްތަކަށް އެޕްސްޓޯރ އިން އަދި އެންޑްރޮއިޑް ޑިވައިސްތަކަށް ގޫގްލް ޕްލޭ މެދުވެރިކޮށް އޯޕަންޓީވީ އެޕް ޑައުންލޯޑްކުރެއްވޭނެއެވެ.ހަމައެއާއި އެކު، www.opentv.mv މެދުވެރިކޮށް މި ޚިދުމަތް ބޭނުންކުރެވޭނެއެވެ.
މިއަދު އޮންލައިން