އޭސް ހާޑްވެއަރ އަދި ކަލަރ ބޭންކް ފިހާރައިން ސިފައިންނަށް ޑިސްކައުންޓް ލިބޭ ގޮތަށް ހަމަޖައްސައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އޭސް ހާޑްވެއަރ އަދި ކަލަރ ބޭންކް ފިހާރައިން ސިފައިންނަށް ޑިސްކައުންޓް ލިބޭ ގޮތަށް ހަމަޖައްސައިފި
އޭސް ހާރޑްވެއަރ އެންޑް ހޯމް ސެންޓަރ އަދި ކަލަރ ބޭންކުން ސިފައިން ކުރާ ކޮންމެ ވިޔަފާރިއަކުން 10 ޕަސެންޓް ޑިސްކައުންޓެއް ލިބޭގޮތަށް ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ހަމަޖައްސަފިއެވެ.

އެމްއެންޑީއެފާއި ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސް ވުމުގައި ސޮއި ކުރުމަށް ޑިފެންސް މިނިސްޓްރީގެ ކޮންފަރެންސް ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ފަރާތުން ސޮއި ކުރެއްވީ، ޑައިރެކްޓްރޭޓް އޮފް ސީ4 ސިސްޓަމްސް އެންޑް ސިވިލް މިލިޓަރީ ކޯޕަރޭޝަންގެ ޑައިރެކްޓަރ މޭޖަރ އަދުނާނު މުޙައްމަދެވެ. އަދި ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހާނީ އެވެ.

މި އެއްބަސްވުމުގެ ދަށުން، ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގާ ފިހާރަތައްކަމަށްވާ، އޭސް ހާރޑްވެއަރ އެންޑް ހޯމް ސެންޓަރ އަދި ކަލަރބޭންކުން ފިހާރައިން ސިފައިން ކުރާ ކޮންމެ ވިޔަފާރިއަކަށް، ޕަވަރ ޓޫލްސްގެ ބާވަތް ނޫން އެހެން ހުރިހާ ބާވަތްތަކުން، 10 ޕަސެންޓްގެ ޑިސްކައުންޓެއް ސިފައިންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޑިސްކައުންޓް ލިބިވަޑައިގަންނަވާނީ ވިޔަފާރި ކުރައްވައި ފައިސާ ދައްކަވާއިރު، ސިފައިންގެ މީހެއްކަން އަންގައިދޭ ކާރޑް ދެއްކެވުމުންނެވެ.

މިއަދު އޮންލައިން