އެމްބިޔުލާންސް މިހާރު ނުލިބި އޮތް 28 ރަށަށް ބޭނުންވާ އެމްބިޔުލާންސް ގެންނަން އެސްޓީއޯ އާއި ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ހެލްތް މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢަބްދުﷲ ނާޒިމް އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރ މުޙައްމަދު މިހާދު އެވެ.
މިބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން އަޙްމަދު ޤާސިމް ވިދާޅުވީ މިކަމަށް ދައުލަތުގެ ބަޖެޓުން 5.34 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
މިފަހަރު ގެނައުމަށް ހަމަޖެހިފައިވަނީ މަރޫޓާ ސުޒުކީ މަރުކާގެ އެމްބިޔުލާންސެވެ. އަހްމަދު ޤާސިމް ވިދާޅުވީީ މިއީ ސައިޒުން ކުދި ވުމުގެ ސަބަބުން ކުދި ރަށްރަށުގައި ބޭނުން ކުރަން ވަރަށް ރަނގަޅު ސައިޒެއް ކަމަށެވެ. ސައިޒުން ކުދި ނަމަވެސް އާދައިގެ އެމްބިޔުލާންސަކުން ލިބެންޖެހޭ ހުރިހައި ޚިދުމަތްތަކެއް ލިބެން ހުންނާނެ ކަމަށެވެ.
އަހްމަދު ޤާސިމް މިއަދު ވިދާޅުވީ އެމްބިޔުލާންސް މިހާރު ނުދެވި އޮތް 28 ރަށަކީ ވަރަށް ކުދި ރަށްތައް ކަމަށެވެ. ނަމަވެސް ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށަކަށް އެމްބިޔުލާންސެއް ދެއްވަން ރައީސް ޔާމީން ނިންމަވާފައިވާތީ އެމްބިޔުލާންސް ހަވާލުކުރަނީ ކަމަށެވެ.
މިބައްދަލުވުމުގައި އެސްޓީއޯގެ ޖެނެރަލް މެނޭޖަރ ޙުސައިން ޞަބާޙް ވިދާޅުވީ އެމްބިޔުލާންސްތައް ހަވާލުކުރުމަށް ދީފައިވާ 3 މަސް ދުވަހުގެތެރޭގައި ގެނެސް ހަވާލުކުރާނެ ކަމަށެވެ. "އެސްޓީއޯގައި އެބަހުރި މިއަދު އަމިއްލަ ޤާބިލުކަން ރަށްރަށަށް ފޮނުވައި ދިނުމުގެ."