އެޑީކޭއަކީ އާމްދަނީ އިތުރުކުރުމަށްވުރެ ޚިދުމަތް ދިނުމަށް އިސްކަންދޭ ހޮސްޕިޓަލެއް: އަނީސާ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
އެޑީކޭއަކީ އާމްދަނީ އިތުރުކުރުމަށްވުރެ ޚިދުމަތް ދިނުމަށް އިސްކަންދޭ ހޮސްޕިޓަލެއް: އަނީސާ
އޭޑީކޭ ހޮސްޕިޓަލަކީ އާމްދަނީ އިތުރުކުރުމަށްވުރެ ބޮޑަށް ތަނުންދޭ ޚިދުމަތްތަކެގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތްތައް އިތުރަށް ފުޅައު ކުރުމަށް މަސައްކަތްކުރަމުން ގެންދާ ހޮސްޕިޓަލެއް ކަމަށް ދިގު މުއްދަތެއްގައި ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވާފައިވާ އަނީސާ އަޙަމްދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހޮސްޕިޓަލެއްފައި ފުރަތަމަ ހުޅުވި އެޗްޑީޔޫ އެޑީކޭ ހޮސްޕިޓަލުގައި މިއަދު ހެނދުނު ހުޅުއްވައި ދެއްވުމަށްފަހު އަނީސާ ވިދާޅުވީ އެޗްޑީޔޫ ބެއްލެވި ކަމަށާއި އެތަން ހަދާފައިވަނީ އަދި އިންތިޒާމުތައް ހަމަޖައްސާފައިވަނީވެސް ވަރަށް ފުރިހަމައަށް ކަމަށެވެ. "އަޅުގަނޑަކީ ޞިއްޙީ ދާއިރާގެ މީހަކަށް ވުމުން ބޭރުގެ ހޮސްޕިޓަލަކަށް ދެވުނު ނަމަވެސް އެތަނެއް ބަލައިލަން. އަޅުގަނޑު ދަންނަވާނީ އޭޑީކޭ ހޮސްޕިޓަލުގެ އެޗްޑީޔޫ ހަމަ ވަރަށް ފުރިހަމައޭ."

އަނީސާ ވިދާޅުވީ އެޗްޑީޔޫ ނެތުމުން ބަލި މީހުން ބައިތިއްބަންޖެހެނީ އައިސީޔޫގައި ކަމަށާއި އެއީ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމެއް ކަމަށެވެ. "އައިސީޔޫ އަކީ ޢާންމުކޮށް ވަރަސް ބަލި ބޮޑު މީހުން އެޑްމިޓްކޮށް ފަރުވާދޭ ތަނެއް. ހޮޅިތައް ގުޅާފައި އެމީހުން ގިނައިން ބައިތިއްބަންޖެހެނީ. ވީމާ އެޗްޑީޔޫ އެއް ނެތިގެން އައިސީޔޫއަށް މީހަކު ލާންޖެހިއްޖެނަމަ މި މަންޒަރުތައް ފެނުމަކީވެސް އެމީހެއްގެ ބަލި އިތުރުވާކަމެއް. އެއީ އެފަދަ ހާލަތުގަ މީހަކަށް ޖެއްސުވުވޭ ވަރަށް ބޮޑު ތަކުލީފެއް. މީހާއަށް ނަފްސާނީ މައްސަލަތައްވެސް ކުރިމަތިވާނެ ކަމެއް"
ރާއްޖެތެރެއިން މާލެ އަންނަ ބަލިމީހުންނާއިއެކު އަންނަ އެހީތެރިންނަށް ލުއި ފަސޭހަގޮތަކަށް ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން އޭޑީ ހޮސްޕިޓަލުގައި އަޅަން މަސައްކަތް ކުރާ އެކޮމޮޑޭޝަން ބްލޮކުގެ މުހިންމުކަންވެސް އަނީސާ ވަނީ ފާހަގަކުރައްވައިފައެވެ.

އަނީސާ ވިދާޅުވީ މިކަންކަމަކީ ކުރު މުއްދަތެއްގެ ތެރޭގައި އޭޑީކޭ އިން ހޯދަމުން ގެންދާ ބޮޑެތި ކާމިޔާބީތައް ކަމަށާއި މިފަދަ ނަތީޖާތައް ޙާޞިލުކުރެވެނީ އެކަންކަމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެ، ދުރާލައި ޕްލޭނުކޮށްގެން މަސައްކަތްކުރުމުން ކަމަށެވެ.

ހެލްތް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އަނީސާ ވަނީ ކުރު މުއްދަތެއްގައި އޭޑީކޭ ހޮސްޕީޓަލުން ހޯދާފައިވާ ބޮޑެތި ކާމިޔާބީޔާބީތައް ފާހަގަ ކުރައްވައި މަރުހަބާ ވިދާޅުވެފައެވެ.
މިއަދު އޮންލައިން