ސްޕޯޓް ފްރެންޒީގެ ނަމުގައި ނަސީބުވެރިފަރާތްތަކަށް ހަތަރުލައްކަ ރުފިޔާގެ އިނާމުތަކެއް ލިބޭ، 3 މަސްދުވަހަށް ކުރިއަށްދާނެ ކުއިޒް މުބާރާތެއް އުރީދޫ މޯލްޑިވްސްއިން މިއަދު ފަށައިފިއެވެ.
އުރީދޫ އަން ބުނެފައިވަނީ ސްޕޯޓް ފްރެންޒީ އެސްއެމްއެސް ކުއިޒްއަކީ ރަނގަޅު ޖަވާބު ފޮނުވައިގެން، އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތްތަކަށް ކޮންމެ ދުވަހަކު، ކޮންމެ ހަފްތާ އަކު، އަދި ކޮންމެ މަހަކުވެސް ވަރަށް ހާއްސަ އިނާމުތަކެއް ލިބިގެންދާނެ ކުއިޒެއްކަމަށެވެ.
ކޮންމެ ދުވަހަކުވެސް އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ 5 ބައިވެރިންނަށް، 500 އެމްބީގެ ޑޭޓާ ލިބޭ މިކުއިޒްގައި ބައިވެރިވެ، އެސްއެމްއެސް މެދުވެރިކޮށް ރަގަޅު ޖަވާބު ދެއްވާ ކޮންމެ ފަހަރަކު 100 ޕޮއިންޓް ލިބިގެންދާނެއެވެ. އަދި ޖަވާބު ނުބައިވި ކަމުގައި ވިއަސް، ޖަވާބު ދެއްވާ ކޮންމެ ސުވާލަކަށް 50 ޕޮއިންޓް ލިބޭނެއެވެ.
ކޮންމެ ހަޕްތާއެއްގައި ވެސް އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ 2 ނަސީބުވެރިންނަށް، ކޮންމެ ބޭފުޅަކަށް އައިފޯން އެސްސީ އެއް ލިބޭނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
ތިންމަސް ދުވަހަށް ކުރިއަށްދާ މި ކުއިޒްގައި، ކޮންމެ މަހަކުވެސް އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ ބައިވެރިޔާއަށް ލިބިގެންދާނެ ހައްސަ އިނާމަކީ ހޮންޑާ ސްކޫޕީ އައި ކްލަބް ސައިކަލެކެވެ. މިކުއިޒްގައި ބައިވެރިވުމަށް، ކަސްޓަމަރުން 4242 އަށް ‘GO’ ޖައްސަވާފައި ފޮނުއްވުމުން ކުއިޒްގައި ބައިވެރިވެވޭނެއެވެ.
ސްޕޯޓް ޕްރެންޒީ އާއިބެހޭ އިތުރު މައުލޫމާތު‘HELP’ ޖައްސަވާފައި 4242 އަށް އެސްއެމްއެސް ކުރެއްވުމުން ލިބޭނެއެވެ. އަދި އުރީދޫ ވެބްސައިޓް ooredoo.mv އިން ވެސް މި މައުލޫމާތު ލިބޭނެއެވެ. މިކުއިޒްގައި 13 އޮކްޓޯބަރ 2016 ގެ ނިޔަލަށް ބައިވެރިވެވޭނެއެވެ.