ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ބާއްވާ މޯލްޑިވްސް ގެސްޓްހައުސް ކޮންފަރެންސްގެ މީޑިއާ ޕާޓްނަރަކަށް ދިރާގު ހަމަޖަައްސައިފިއެވެ.
ގެސްޓް ހައުސް ކޮންފަރެންސަކީ ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ގެސްޓްހައުސް ތަކަށް އަމާޒުކޮށްގެން ކޮންމެ އަހަރުވެސް ބާއްވާ އެއް ދުވަހުގެ ކޮންފަރެންސެކެވެ.
ގެސްޓް ހައުސްތަކުގެ ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ މައުލޫމާތު ދިނުމަށާއި ވިޔަފާރި ކުރިއަރުވުމުގެ ހުނަރު އިތުރުކުރުމަށް މި ކޮންފަރެންސުގައި ސެޝަންތައް ކުރިއަށް ގެންދާނެއެވެ.
ދިރާގުން ގެންދަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިކޮންފަރެންސު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖުގައެވެ.