ހިލޭ މިނެޓްލިބޭ ދެ އެޑްއޯން އެއް އުރީދޫ އިން ތައާރަފްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ހިލޭ މިނެޓްލިބޭ ދެ އެޑްއޯން އެއް އުރީދޫ އިން ތައާރަފްކޮށްފި
ގިނަވަގުތު ފޯނު ކޯލް ކުރައްވާ ބޭފުޅުންނަށް އަމާޒުކޮށްގެން، ރާއްޖެއަށް މުޅިން އައު ދެ އެޑްއޯން އެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ. އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް ބޭނުން ކުރެވޭ ފްރީ މިނިޓްސް ޕެކް އަދި ރޭޓްކަޓަރ ޕެކް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ނެޓްވަރކް އަކަށް ގުޅުމަށްވެސް ހިލޭ މިނެޓް ނުވަތަ%50 އާއި ހަމައަށް އަގުހެޔޮކުރެވިފައިވާ ކޯލް ރޭޓް ލިބިގެންދާނެއެވެ.

އުރީދޫގެ ރޭޓްކަޓަރ ޕެކްމެދުވެރިކޮށް، ކަސްޓަމަރުންނަށް މުޅި ދުވަހު، ކޮންމެ ނެޓްވަރކް އަކަށް ގުޅާލަންވެސް %50 އާއި ހަމައަށް އަގުހެޔޮވާއިރު، މި އެޑްއޯންތަކުގެ ތެރޭގައި ފައިދާހުރި ތަފާތު ތިން ޕެކެއް ހިމެނެއެވެ.

މިއާއިއެކު، ތައާރަފްކުރެވުނު ފްރީ މިނިޓްސް އެޑްއޯން ބޭނުންކުރައްވައިގެން، ކޮންމެ ނެޓްވަރކް އަކަށް ވެސް ހިލޭ ގުޅާލެވޭނެއެވެ.

އުރީދޫގެ ހެޑް އޮފް ވޮއިސް ޕްރޮޑަކްޓްސް، އަރުޝަދު ޝާކިރް ވިދާޅުވީ "އުރީދޫގެ އަމާޒަކީ، އާންމު ދިރިއުޅުމުގައި ފަސޭހަކަން ފޯރުކޮށްދޭ ޙިދުމަތްތަކާއި ހައްލުތަކެއް މެދުވެރިކޮށް، އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ހަޔާތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުން. އަޅުގަނޑުގެ އުއްމީދަކީ ރޭޓްކަޓަރ ޕެކް އަދި ފްރީ މިނިޓްސް ޕެކްއަކީ ދިވެހިންނަށް ކަމުދާ، އަދި ފައިދާކުރާނެ ޚިދުމަތްތަކެއް ކަމުގައި ވުން." ކަމަށެވެ.

މި ހާއްސަ އެޑްއޯންތަކަށް ސަބްސްކްރައިބް ކުރެއްވުމަށް، *929*15* އަށް ގުޅާލުމުން، މި ޚިދުމަތް ބޭނުންކުރެވޭނެއެވެ. ރޭޓް ޕެކްގެ ބެލެންސް ނުވަތަ ވެލިޑިޓީ ބެއްލެވުމަށް، ޖައްސަވާނީ *200*21# އެވެ. އަދި، ފްރީ މިނިޓްސް ޕެކްގެ މައުލޫމާތު ބެއްލެވުމަށް ޖައްސަވާނީ *200*22# އެވެ.
މިއަދު އޮންލައިން