ދިރާގުން މުދައްރިސުންނަށް ވަރަށް ޚާއްޞަ ޕެކޭޖުތަކެއް ތަޢާރަފްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 45ސ
ދިރާގުން މުދައްރިސުންނަށް ވަރަށް ޚާއްޞަ ޕެކޭޖުތަކެއް ތަޢާރަފްކޮށްފި

މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރުމުގެ ގޮތުން މިއަދު ފާހަގަ ކުރަމުން ދާ މުދައްރިސުންގެ ދުވަހާއި ގުޅިގެން ދިރާގުން މުދައްރިސުންނަށް ދިރާގު މޯބައިލްޕޯސްޓްޕެއިޑް، މޯބައިލް ބްރޯޑްބޭންޑް އަދި ފިކްސްޑް ބްރޯޑްބޭންޑް ގެ ވަރަށް ޙާއްސަ އޮފަރ ތަކެއް  ތައާރަފް ކޮށްފިއެވެ.  


ދިރާގުން މިއަދު ބުނީ ޤައުމެއްގެ ތަރައްގީ ބިނާ ކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ އެއް ބައަކީ މުދައްރިސުން ކަމަށާއި މުދައްރިސުންގެ  ޚިދުމަތަކީ އަގުނުކުރެވޭހާ ބޮޑު، ތަޢުރީފު ޙައްޤުވާ ބުރަ މަސައްކަތަކަށްވާތީ ދިރާގުން މިފަދަ ޕެކޭޖްތަކެއް މުދައްރިސުންންށް ތަޢާރަދްކުރީ މުދައްރިސުން ޤައުމަށް ކޮށްދޭ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަށް ކަމަށެވެ. 


"ދިރާގުގެ ފަރާތުން ރާއްޖޭގެ ލޮބުވެތި ހުރިހާ މުދައްރިސުންނަށް މި ދުވަހުގެ ތަހުއިޔާ އަރިސް ކުރަން." 


ދިރާގުން މިއަދު ތަޢާރަފްކުރި ޕެކޭޖްތަކަކީ: 


ދިރާގު މޯބައިލްޕޯސްޓްޕެއިޑް


ދިރާގުން ކޮންމެ މޮބައިލް ޕޯސްޓްޕެއިޑް ޕެކެޖެއް ނެންގެވިކަމުގައިވިޔަސް ،މަހު ފީ އިން  3 މަސް ދުވަސް ވަންދެން %50 ޑިސްކައުންޓް މުދައްރިސުންނަށް ދޭން ވަނީ ހަމަޖައްސާފައި އެވެ. މިހާރު ދިރާގު ޕޯސްޓްޕެއިޑް ގެންގުޅުއްވާ މުދައްރިއްސަކަށްވެސް، އެދިވަޑައިގަތުމުން، މަހު ފީ އިން3 މަސް ދުވަސް ވަންދެން %50 ޑިސްކައުންޓް ލިބިވަޑައިގަންނަވާނެ އެވެ. އަދި މިއޮފަރ އަށް އެއްވެސް ކަނެކްޝަން ފީއެއް ނުނަގާނެއެވެ.


ދިރާގު ބްރޯޑްބޭންޑް


ދިރާގުން ކޮންމެ ބްރޯޑްބޭންޑް ޕޯސްޓްޕެއިޑް ޕެކެޖެއް ނެންގެވިކަމުގައިވިޔަސް ،މަހު ފީ އިން  3 މަސް ދުވަސް ވަންދެން %50 ޑިސްކައުންޓް މުދައްރިސުންނަށް ދޭން ވަނީ ހަމަޖައްސާފައި އެވެ.މީގެ އިތުރުން، ނަންގަވާ ބްރޯޑްބޭންޑް ޕެކެޖަކާއިއެކު ހިލޭ "މައިފައި" ޑިވައިސެއް ނުވަތަ އޭޑީއެސްއެލް ރައުޓަރ އެއް ލިބިވަޑައިގަންނަވާނެއެވެ. މި "މައިފައި" ޑިވައިސް އަކީ ވަޔަރލެސް ކޮށް ގިނަވެގެން 10 ޑިވައިސް އަށް އެއްފަހަރާ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ޑިވައިސް އެކެވެ.  އަދި މިހާރު ދިރާގު ބްރޯޑްބޭންޑް  ކަނެކްޝަން އެއް ގެންގުޅުއްވާނަމަވެސް، އެދިވަޑައިގަތުމުން، މަހު ފީ އިން 3 މަސް ދުވަސް ވަންދެން %50 ޑިސްކައުންޓް ލިބިވަޑައިގަންނަވާނެ އެވެ. މިއޮފަރ އަށް އެއްވެސް ސެޓަޕްފީ އެއް ނުނަގާނެއެވެ.


މި އޮފާރގެ ދަށުން، ދިރާގުން ވަރަށް ޚާއްޞަ 2  މޯބައިލް ބްރޯޑްބޭންޑް ޕެކޭޖް ވަނީ ތައާރަފް ކޮށްފައެވެ. އެއީ 499 ރުފިޔާ ގެ މަހު ފީ އަށް 10 ޖީބީ ޑޭޓާ އަދި 699 ރުފިޔާގެ މަހުފީ އަށް 20 ޖީބީ ޑޭޓާ ލިބޭ ޕެކޭޖުތަކެކެވެ. މި ޕެކޭޖްތަކުންވެސް ފުރަތަމަ 3 މަހުގެ މަހު ފީ އިން %50 ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، ހިލޭ "މައިފައި" ޑިވައިސެއްލިބިވަޑައިގަންނަވާނެއެވެ. 


މުދައްރިސުންގެ ދުވަހު ދިރާގުން ތަޢާރަފުކޮށްފައިވާ މި ޚާއްޞަ އޮފަރ ތައް ނޮވެންބަރު މަހުގެ ނިޔަލަށް ލިބިވަޑައިގަންނަވާނެއެވެ.


މި ޙާއްސަ އޮފަރ ހޯއްދެވުމަށް އެޕްލިކޭޝަން ފޯމްގައި ސްކޫލްގެ ރަސްމީ ތަތްގަނޑު ޖައްސަވާފައި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ހުނަން ދިރާގުގެ ކޮންމެ ސާރވިސް ސެންޓަރ އަކަށް ހުށަހެޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މިއަދު އޮންލައިން