ކައުންޓްލައިން ފިހާރައެއް ފޭދޫގައި ހުޅުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ކައުންޓްލައިން ފިހާރައެއް  ފޭދޫގައި ހުޅުވައިފި

ތަފާތު ވައްތަރުގެ ޗޮކްލެޓާއި ކޭކުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ މަޝްހޫރި ކައުންޓްލައިންގެ ފިހާރައެއް ސ. ފޭދޫގައި އިއްޔެ ހަވީރު ހުޅުވައިފިއެވެ.


ފޭދޫ ލިންކުރޯޑުގައި ހުޅުވި މި ފިހާރައަކީ ކައުންޓްލައިނުން އައްޑޫގައި ހުޅުވި ދެވަނަ ފިހާރައެވެ. އެތަނުގެ ފިހާރައެއް ހިތަދޫގައި ކުރިންވަނީ ހުޅުވައިފައެވެ. އިއްޔެ ހުޅުވި ފިހާރައިން އެއް ހަފްތާވަންދެން ބައެއް ވައްތަރު ތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް އެ ފިހާރައިން މައުލޫމާތު ދެއްވިއެވެ.


މި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތަށް ދިޔަ މީހުންނަށް އެތަނުގެ ބައެއް އުފެއްދުންތަކުގެ ރަހަ ދައްކާލުން އިއްޔެއޮތެވެ. އެތަނުންވަނީ ރާއްޖޭގައި އުފެދޭ ބައެއް ސާމާނު ބޭނުން ކޮށްގެން ފަސްވައްތަރެއްގެ ޗޮކްލެޓް އުފައްދައި ފުރަތަމަ ފަހަރަށް އައްޑޫގައި ވިއްކަން ފަށައިފިއެވެ. ކައުންޓްލައިންގެ އަމިއްލަ އުފެއްދުންތަކުގެ ތެރޭގައި ކަށިކެޔޮ، ފަޅޯ، ގަބުޅި، ބަނބުކެޔޮ، ކައްޓަލަ ޗޮކްލެޓް ހިމެނެއެވެ. އެތަނުން ހާމަކުރި ގޮތުގައި މީގެ ތެރެއިން ބައެއް ވައްތަރުތައް ފޮނިކުރުމަށް ހަކުރުގެ ބަދަލުގައި ބޭނުންކޮށްފައިވާނީ ދިވެހި ރުކުރާއެވެ.


ޗޮކްލެޓާއި ކޭކުގެ އިތުރަށް ފިލްޑް ބަންސްއާއި، ބްރައުނީޒްވެސް އެފިހާރައިގައި އިއްޔެވަނީ ތައާރަފްކޮށްފައެވެ. މިއީ ކައުންޓްލައިނުން ހުޅުވި ދިހަވަނަ ފިހާރައެވެ.


 


 

މިއަދު އޮންލައިން