ކޮންމެ ހަފްތާއަކު ދުބާއީ ދަތުރެއް މުޅިން ހިލޭ ލިބޭ ޕޯސްޓްޕެއިޑް ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 23ސ
ކޮންމެ ހަފްތާއަކު ދުބާއީ ދަތުރެއް މުޅިން ހިލޭ ލިބޭ ޕޯސްޓްޕެއިޑް ޕްރޮމޯޝަނެއް ދިރާގުން ފަށައިފި
ދިރާގުގެ އެންމެ ފުރިހަމަ ޕޯސްޓްޕެއިޑް ޕްލޭނެއް ނަންގަވާ ކަސްޓަމަރުންނަށް އަމާޒުކޮށް މުޅިން ހިލޭ ކޮންމެ ހަފްތާއަކު ނަސީބުވެރި ބޭފުޅަކަށް ފުރިހަމަ ދުބާއީ ދަތުރު ޕެކޭޖެއް ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ.

މިއަދުން ފެށިގެން ޖަނަވަރީ 41 ވަނަދުވަހުގެ ނިޔަލަށް ދިރާގު ޕޯސްޓްޕެއިޑް ކަނެކްޝަނެއް ނަންގަވައިގެން މި އަގުހުރި އިނާމު ލިބޭ ޕްރޮމޯޝަންގައި ބައިވެރި ވެވަޑައިގެންނެވޭނެއެވެ. މީގެ އިތުރުން މި މުއްދަތު ތެރޭގައި ދިރާގު ޕޯސްޓްޕެއިޑް ކަނެކްޝަން ނަންގަވާ ފަރާތްތަކަށް 1 ޖީބީގެ މޯބައިލް ޑޭޓާ މުޅިން ހިލޭ ލިބުމުގެ އިތުރުން 3 މަސް ދުވަހުގެ ޕޯސްޓްޕެއިޑް މަހުފީ އިން %25 ޑިސްކައުންޓް ވެސް ލިބިގެންދާނެއެވެ. ކޮންމެ ހަފްތާ އެއްގައި ގުރުވަތުލުން ބޭއްވޭ މި ޕްރޮމޯޝަންގައި އެންމެ ފަހު ހަފްތާގައި އަލަށް ޕޯސްޓްޕެއިޑް ކަނެކްޝަން ނަންގަވާ ފަރާތްތަކުގެ އިތުރުން މިހާރު ޕޯސްޓްޕެއިޑް ގެންގުޅުއްވާ ފަރާތްތަކަށް ވެސް ލަކީ ޑްރޯގައި ބައިވެރިވެވިގެންދާނެ އެވެ.
-
ދިރާގުން ހަދިޔާ ކުރާ މި ޚާއްޞަ ދުބާއީ ދަތުރުގައި އެއަރޕޯޓް ޓްރާންސްފަރ އާއި އެއްކޮށް ދެ މީހަކަށް ދެކޮޅު ޓިކެޓާއި 5 ދުވަހުގެ ހޮޓެލް ހުރުން ވެސް މުޅިން ހިލޭ ލިބިގެންދާނެއެވެ. މީގެ އިތުރުން 500 ޑޮލަރުގެ ޓްރެވަލް އެލަވަންސްވެސް ލިބިގެންދާނެއެވެ. އަދި ހަމަ އެއާއެކު އަބޫ ދާބީ ސިޓީ ޓުއަރ، ޑެޒާޓް ސަފާރީ ޓުއަރގެ އިތުރުން ސިޓީ އެކްސްޕީރިއެންސް ޓުއަރ އަކީ ވެސް މި ދަތުރުގައި ހިމެނިގެންދާ މުހިންމު ކަންތައްތަކުގެ ތެރެއިން ބައެއް ކަންކަމެވެ.

މި ޕްރޮމޯޝަނާއި ގުޅިގެން ދިރާގު ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލް ވިދާޅުވީ ރާއްޖޭގެ އެންމެ ހަލުވި އަދި އެއްމެ ފުޅާ 3ޖީ / 4 ޖީ ނެޓްވޯރކްގައި އެއްމެފުރިހަމަ އަދި އެންމެ ހެޔޮ އަގު ލިބޭ ގޮތަށްފަރުމާކުރެވިފައިވާ ސްމާރޓް ޕޯސްޓްޕެއިޑް ޚިދުމަތް ހޯއްދަވައިގެން ނަސީބުވެރި 6 ފަރާތަކަށް ވަރަށް އަގުހުރި އިނާމެއް ދިރާގު ކަސްޓަމަރުންނަށް ލިބިގެން ދާނެކަމަށެވެ. އަދި މިމުއްދަތުގެ ތެރޭގައި ޕޯސްޓްޕެއިޑް ނަންގަވާ ކޮންމެ ކަސްޓަމަރަކަށްވެސް މުޅިންހިލޭ ޑޭޓާއާއި ވަރަށް ބޮޑެތި ޑިސްކައުންޓު ތަކެއް ވެސް ލިބިގެން ދާނެ ކަމަށެވެ. "އަޅުގަނޑުމެން މަސައްކަތް ކުރަނީ ކަސްޓަމަރުން އެންމެ ބޭނުންފުޅު ވާނެ ފަދަ އިނާމުތައް ފޯރުކޮށްދިނުމަށް. އެގޮތުން ޑުބާއީއަކީ ގިނަ ދިވެހިންގެ ތެރޭގައި ވަރަށް މަޤުބޫލު މަންޒިލެއް"

މިއަދުން ފެށިގެން ޖަނަވަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް، ޖުމްލަ 6 ހަފްތާ ވަންދެން ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި ކޮންމެ ހަފްތާ އެއްގައި ގުރުވަތުލުން ބާއްވާ ނަސީބުވެރިއެއް ހޮވުމަށް ވަނީ ހަމަ ޖައްސައިފަ އެވެ. މި ޕްރޮމޯޝަން ކާމިޔާބު ކުރާ ފަރާތްތަކަށް 31 މާރޗް 2017 ގެކުރިން ދަތުރު ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.


މިއަދު އޮންލައިން