ބެކް ޓު ސްކޫލްގެ ހަތަރުވަނަ ފެއާ ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ބެކް ޓު ސްކޫލްގެ ހަތަރުވަނަ ފެއާ ފަށައިފި
"ބެކް ޓު ސްކޫލް ފެއާ 2017" ގެ ނަމުގައި ސިޓީ ސެންޓްރަލް އިން ފެއާއެއް ފަށައިފިއެވެ. މިއީ ސްކޫލްތައް ހުޅުވެންވާއިރަށް ކުދިންނަށް ބޭނުންވާ ސާމާނު ހެޔޮއަގުގައި ވިއްކުމަށް ސިޓީ ސެންޓްރަލް ފިހަރާއިން ބާއްވާ ހަތަރުވަނަ ފެއާއެވެ.

މިފެއާ ފަށައިފައިވަނީ މިހިނގާ ޑިސެމްބަރ 7 ވަނަ ދުވަހުއެވެ. ނިމޭނީ އަންނަ އަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހުއެވެ. ހިތަދޫގައި ހިންގާ ބޮޑެތި ފިހާރަތަކުގެ ތެރެއިން އެއްފިހާރަ ކަމަށްވާ ސިޓީ ސެންޓްރަލް އިން ބުނީ ސްކޫލް ކުދިންނަށް ބޭނުންވާ ޓެކްސް ފޮތްތައް ފިޔަވައި އެހެން ސާމާނުތައް ފެއާއިން ލިބޭނެ ކަމަށެވެ.

މާލެއަށްވުރެވެސް އަގުހެޔޮކޮށް އެތަނުން ސާމާނު ލިބޭނެ ކަމަށް ފިހާރައިން ބުންޏެވެ. އެ ފެއާގައި ސްކޫލް ކުދިންގެ ބޫޓާއި، ދަބަހާއި، އިސްޓާކީނާއި، އިންޓޯލް ހަމާއި، މިހެން ގޮސް ހުރިހާ ސާމަނެއް ލިބޭނެއެވެ.

ފެއާއިން ވިޔަފާރިކުރާ ކުދިންނަށް ދިހަ ޕަސެންޓާއި، 35 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް އެފިހާރައިން މައުލޫމާތު ދިނެވެ.
"މި ފެއާއިން މާލޭގެ އަގަށްވުރެ އަގުހެޔޮކޮށް ތަކެތި ލިބޭނެ. ސްކޫލް ކުދިންނަށް ދިހަ ޕަސެންޓާއި ތިރީސް ފަސްޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއްވެސް ލިބިގެންދާނެ،" އެ ފިހާރައިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މިއަދު އޮންލައިން