ފޮޓޯ ނަގަން ދަސްކޮށްދޭ ކޯހެއް ޕޯޓްރެއިޓް ގެލެރީން ފަށަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ފޮޓޯ ނަގަން ދަސްކޮށްދޭ ކޯހެއް ޕޯޓްރެއިޓް ގެލެރީން ފަށަނީ
ފޮޓޯ ނަގަން ޝައުގުވެރިވާ ހުރިހާ އުމުރެއްގެ މީހުންނަށް ޚާއްސަކޮށްގެން ފޯޓޯ ނަގަން ދަސްކޮށްދޭ ކޯހެއް ފަށަން ދި ޕޯޓްރެއިޓްގެލެރީން ނިންމައިފިއެވެ.

މިކޯސް ނުވަތަ ވޯކްޝޮޕްއޮންނާނީ މިމަހުގެ 15 އިން 31 އަށެވެ. ވޯކްޝޮޕް ކުރިއަށް ގެންދާނީ ޕޯޓްރެއިޓް ގެލެރީގެ ސްޓޫޑިއޯގައެވެ. ސްޓޫޑިއޯގައި ކުރިއަށް ގެންދާނީ ތިއަރީބައެވެ. ޕްރެކްޓިކަލް ބައިގެންދާނީ ބޭރުގައެވެ.

ވޯކްޝޮޕްގައި ކިވައިދެއްވާނީ މަޝްހޫރު ޕްރޮފެޝަނަލް ފޮޓޯގްރާފަރު ޔާސީން ހަމީދެވެ. ވޯކްޝޮޕް ކުރިއަށް ގެންދާނީ ކޮންމެ ހަފްތާއަކު އާދީއްތަ، ހޯމަ، ބުދަ، ބުރާސްފަތީގައެވެ. އެދުވަސްތަކުގައި އޮންނާނީ ތިއަރީ ކުލާސްތަކެވެ. މި ކުލާސްތައް ކުރިއަށް ގެންދަނީ އެދުވަސްތަކުގެ ރޭގަނޑު 8:30 އިން 10:00 އަށް ސްޓޫޑިއޯގައެވެ.

ޕްރެކްޓިކަލްބައި ކުރިއަށް ގެންދާނީ ހޮނިހިރު، އަންގާރަ މިދެދުވަހު ހަވީރު 4:30 އިން 6:00 އަށެވެ. މި ބައި ކުރިއަށް ގެންދާނީ ސްޓޫޑިއޯއިން ބޭރުގައެވެ.
މިއަދު އޮންލައިން