އައު އަހަރާ ގުޅިގެން ދި ޕޯޓްރެއިޓް ގެލެރީން 25 ޕަސެންޓުގެ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ދޭން ނިންމައިފިއެވެ.
މި ޑިސްކައުންޓު ލިބޭނީ ޖެނުއަރީ 1 އިން 15 އަށެވެ. މިއީ އައު އަހަރާ ގުޅިގެން އެތަނުން ހަދިޔާއެއްގެ ގޮތުގައި ދޭ ޑިސްކައުންޓެކެވެ. އެތަނުން ފޮޓޯނަގާ ކޮންމެ ބަޔަކަށްވެސް މި ޑިސްކައުންޓު ލިބޭނެއެވެ.
ޕޯޓްރެއިޓްގެލެރީ ހުޅުވާފައި ހުންނާނީ މެންދުރު 1 އިން ރޭގަނޑު 10 އަށެވެ. ޕޯޓްރެއިޓް ގެލެރީން ވަނީ ފޮޓޯ ނަގަން ޝައުގުވެރިވާ ހުރިހާ އުމުރެއްގެ މީހުންނަށް ޚާއްސަކޮށްގެން ފޯޓޯ ނަގަން ދަސްކޮށްދޭ ކޯހެއް ފެށުމަށްވެސް ތައްޔާރުވެފައެވެ.