ދިރާގު ނެޓްވާކާ އަލަށް ގުޅުމުން 6 މަސް ދުވަހުގެ ހިލޭ ޑޭޓާ ލިބޭ ޕެކޭޖެއް ތަޢާރަފްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ދިރާގު ނެޓްވާކާ އަލަށް ގުޅުމުން 6 މަސް ދުވަހުގެ ހިލޭ ޑޭޓާ ލިބޭ ޕެކޭޖެއް ތަޢާރަފްކޮށްފި
ދިރާގު ނެޓްވަރކް ޚިޔާރު ކުރެއްވުމުން 6 މަސް ދުވަހުގެ ހިލޭ ޑޭޓާ މޮބައިލް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެ ޕެކޭޖެއް ދިރާގުން ތަޢާރަފްކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ ދިރާގު ޚިޔާރު ކުރެއްވުމަށް، މިހާރު ގެންގުޅުއްވާ ނަންބަރު ބަދަލު ކުރެއްވުމަކާަި ނުލައި ދިރާގު ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް ޚިދުމަތެއް ނެންގެވޭނެ ކަމަށެވެ.

މި ޚާއްސަ ޕްރޮމޯޝަނުގައި ދިރާގު މޮބައިލް ޕޯސްޓްޕެއިޑް ނަންގަވައިގެން 6 މަސް ދުވަސް ވަންދެން 2 ޖީބީގެ ޑޭޓާ ހިލޭ ލިބިވަޑައިގަންނަވާނެއެވެ. އަދި 3 މަސް ދުވަސް ވަންދެން މަހު ފީ އިން %25 ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.

ދިރާގު މޮބައިލް ޕްރީޕެއިޑް ނަންގަވާ ކަސްޓަމަރުންނަށް 6 މަސް ދުވަސް ވަންދެން ކޮންމެ މަހަކު 1 ޖީބީ ޑޭޓާ ހިލޭ ލިބިވަޑައިގަންނަވާނެ އެވެ.

މި ޕްރޮމޯޝަނުގައި އަލަށް ދިރާގުގެ މޯބައިލް ކަނެކްޝަނެއް ނަންގަވާ ކަސްޓަމަރުން ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

މިއަދު އޮންލައިން