މޯލްޑިވްސް އިސްލާމިކް ބޭންކްގައި އޮންނަ ދިވެހި ސަރުކާރުގެ ހިއްސާ 25 އިންސައްތައަށް އިތުރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
މޯލްޑިވްސް އިސްލާމިކް ބޭންކްގައި އޮންނަ ދިވެހި ސަރުކާރުގެ ހިއްސާ 25 އިންސައްތައަށް އިތުރުކޮށްފި
މޯލްޑިވްސް އިސްލާމިކް ބޭންކް ޕވޓ. ލޓޑ. (އެމް.އައި.ބީ) ގައި އޮންނަ އިސްލާމިކް ކޯޕަރޭޝަން ފޯރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) ގެ ހިއްސާގެ ތެރެއިން ހިއްސާގެ ދިވެހިސަރުކާރުން ގަތުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އެމް.އައި.ބީ އުފެދުނުއިރު އެ ބޭންކްގައި އޮތީ ސަރުކާރުގެ 15% ހިއްސާ އަދި އައި.ސީ.ޑީ ގެ %85 ހިއްސާއެވެ. އެހެން ނަމަވެސް އެމް.އައި.ބީ ގައި އޮންނަ އައި.ސީ.ޑީ ގެ ހިއްސާގެ ތެރެއިން 0 ވިއްކާލަން އެފަރާތުން ބޭނުންވުމާއި ގުޅިގެން އަދި އެމް.އައި.ބީ ގެ ފުޅާވެ، ކުރިއަރަމުންދާ ވިޔަފާރިއާއި ފައިދާވަމުންދާ މިންވަރަށް ބެލުމަށްފަހު އެ ހިއްސާ ގަތުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި އެއްބަސްވުމާއި އެކު އެމް.އައި.ބީ ގައި އޮންނަ ސަރުކާރުގެ ހިއްސާގެ ޖުމުލަ %25 އަށް އިތުރުވާނެ ކަމަށާއި އިސްލާމިކް ފައިނޭންސް ދާއިރާ ތަރައްޤީކުރުމަކީ ސަރުކާރުން އަބަދުވެސް ވަރަށް އިސްކަންދެއްވާކަމެއް ކަމަށެވެ.


މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިނޭންސް ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަހްމަދު މުނައްވަރުއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް ޕވޓ. ލޓޑ. (އެމް.އައި.ބީ) ގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ މރ ހާރިސް ހާރޫންއެވެ.


މިއަދު އޮންލައިން