އޭޑީކޭ މެގަ ޕެކް ޕްރޮމޯޝަންގެ ނަޞީބުވެރިންނަށް އިނާމު ޙަވާލުކޮށްފި

ކިޔުމަށް ހޭދަވާނީ 51ސ
އޭޑީކޭ މެގަ ޕެކް ޕްރޮމޯޝަންގެ ނަޞީބުވެރިންނަށް އިނާމު ޙަވާލުކޮށްފި
އޭޑީކޭ ޖެނެރަލް ޓްރޭޑިންގ އިން ކުރިއަށް ގެންދިޔަ މެގަ ޕެކް ޕްރޮމޯޝަންގެ ނަޞީބުވެރިން ހޮވާ، އިނާމު ޙަވާލުކޮށްފިއެވެ.

ފައިބެއަހަރުގެ ފެބްރުއަރީން މި އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުންގެ އެއްވަނަ އިނާމު ކަމަށްވާ 1 އަހަރު ދުވަހަށް ފަރުނީޗަރާ އެކު އެއް ކޮޓަރީގެ އެޕާޓްމެންޓު ލިބުނީ ތ. ވިލުފުށީ ކެޔޮގަސްދޮށުގޭ، އާދަމް ނަސީޙަށެވެ. އޭނާއަށް އިނާމު ޙަވާލު ކޮށްދެއްވީ އޭޑީކޭގެ ޗެއަރމަން އަޙްމަދު ނާޝިދެވެ.

ދެ ވަނަ އިނާމަކަށް ޒޫމް މޮޓޯސްގެ ފަރާތުން ހުށައަޅާފައިވާ ސައިކަލް ލިބުނު މ. މުލަކު ޒަމާނީ ހައުސް، ނާދިރާ އިބްރާހިމަށް އިނާމް ޙަވާލު ކޮށްދެއްވީ ޒޫމް މޮޓޯސްގެ މެނޭޖިންގ ޕާޓްނަރ އައިޝަތު ރައްފަ އެވެ.

ތިން ވަނަ އިނާމުގެ ގޮތުގައި ހުށަހަޅާފައިވާ 1 އަހަރު ދުވަހުގެ ޑްރައިޕާސް ނެޕީ މ. ވަނޮޅު، ހޫދު އިބްރާހިމް ފަޒީލަށް އިނާމު ޙަވާލު ކޮށްދެއްވީ އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ ފަޒްލާ ހަސަނެވެ.

މިއަދު އޮންލައިން