ތިންހާސް ރުފިޔާގެ ޑިސްކައުންޓް ލިބޭ ވަރަށް ޚާއްޞަ ޕްރޮމޯޝަނެއް ޝީޝާ އިން ފަށައިފިއެވެ.
އެޕްރިލް ފެސްޓްގެ ނަމުގައި މިއަދު ފެށި މި ޕްރޮމޯޝަން މި މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ އިރު، 3000 ރުފިޔާގެ ޑިސްކައުންޓު ލިބެނީ ސައިކަލުގެ ފުލް ޕޭމަންޓު ދައްކާ ފަރާތްތަކަށެވެ. އޭގެތެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އެމްއެފްއެލްސީ މެދުވެރިކޮށް ސައިކަލު ގަންނަ ފަރާތްތައްވެސް ހިމެނެއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރި ކުރާ ކުންފުނީގެ މި ޕްރޮމޯޝަންގައި ޑިސްކައުންޓް ދެނީ ޒޫމާ އެކްސް އާއި ސްކޫޕީ އައި، ވޭވް 125 އައި އަދި ވޭވް 110 އައިގެ މޮޑެލްތަކަށެވެ.
ޝީޝާއިން ބުނީ ސައިކަލްގެ އަސްލު އަގުގެ ދިހަ ޕަސެންޓް ދެއްކުމަށް ފަހު އިންސްޓޯލްމަންޓަށް ސައިކަލް ގަންނަ ފަރާތްތަކަށް 20 ޕަސެންޓް ހެޔޮ ވެގެންދާނެ ކަމަށެވެ.
މި ޕްރޮމޯޝަން މާލެ އާއި ހުޅުމާލެ އަދި އައްޑޫސިޓީގައިވެސް ކުރިއަށްދާނެއެވެ.