ޓީއެމްއޭއަށް އިތުރު ބޯޓެއް ގެނެސް ފްލީޓް އިތުރުކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 37ސ
ޓީއެމްއޭއަށް އިތުރު ބޯޓެއް ގެނެސް ފްލީޓް އިތުރުކޮށްފި
ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)އަށް އިތުރު ބޯޓެއް ގެނެސް ފްލީޓް އިތުރުކޮށްފިއެވެ.

ރާއްޖޭގައި ގިނަ ރިސޯޓްތަކެއް އަލަށް ހުޅުވާތީ އާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވަމުން އަންނާތީ އެ ކުންފުނިން ގެނައި ޑި ހާވިލޭންޑް ޑީއެޗްސީ-6 މަރުކާގެ ބޯޓު ކެނެޑާގެ ކަލްގަރީ ސިޓީން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އައީ ރޭގެ ވަގުތެއްގައެވެ.

އެ ކުންފުނިން ބުނީ ޚިދުމަތް ފުޅާ ކުރުމުގެ ގޮތުން އަދިވެސް އިތުރު ބޯޓުތައް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

ސީޕްލޭން އޮޕަރޭޓްކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ޓީއެމްއޭ އިން މިދިޔަ މަހުގެ ފަހުކޮޅުވެސް ވަނީ ޓްވިން އޮޓާ މަރުކާގެ ބޯޓެއް ގެނެސްފައެވެ.
މިއަދު އޮންލައިން