ބަންޑާރަނައިކް އިންޓަރނޭޝަނަލް އެއަރޕޯޓު މަރާމާތަށްފަހު ހުޅުވުމުން އަގުތަކަށްވެސް ހެޔޮ ބަދަލެއް..

ކިޔުމަށް ހޭދަވާނީ 51ސ
ބަންޑާރަނައިކް އިންޓަރނޭޝަނަލް އެއަރޕޯޓު މަރާމާތަށްފަހު ހުޅުވުމުން އަގުތަކަށްވެސް ހެޔޮ ބަދަލެއް..
ބަންޑާރަނައިކް އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ މަރާމާތަށްފަހު ހުޅުވުމުން އަގުތަކަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމަށް އެ އެއަރލައިންގެ ރާއްޖޭގެ އެޖެންޓް އިނަރ މޯލްޑިވްސް އިން ބުނެފިއެވެ.

ސްރީލަންކާގެ މައި އެއަރޕޯޓްގެ ރަންވޭ ބޮޑުކޮށް މިއަދު އަލުން ހުޅުވާފައިވާ އިރު، އިނަރ މޯލްޑިވްސް އިން ބުނީ މަރާމާތަށް ކުރަން ފްލައިޓް މަދު ކުރުމާއި ގުޅިގެން ރާއްޖެއަށް މަދުކުރި އެ އެއަރލައިންގެ ދަތުރުތައްވެސް އިތުރުކުރާނެ ކަމަށެވެ.

އެހެންނަމަވެސް ޓިކެޓުގެ އަގުތަކަށް އައީ ކޮން ބަދަލެއް ކަމެއް އެފަރާތުން އަދިހާމައެއް ނުކުރެވެ. އިނަރ މޯލްޑިވްސް އިން ބުނީ އަގުތަކަށް އައި ބަދަލު ފަހުން އިޢުލާން ކުރާނެ ކަމަށެވެ.

ރަންވޭ މަރާމާތް ކުރުމުގެ މި މަޝްރޫޢުގައި ކުރިން 60 މީޓަރ ފުޅާމިނުގައި އޮތް ރަންވޭ މިހާރު ވަނީ 75 މީޓަރަށް ފުޅާކޮށްފައެވެ. މީގެ ސަބަބުން ކޮމަރޝަލް އެންމެ ބޮޑެތި މަތިން ދާބޯޓްތައް ކަމަށްވާ އެއަރބަސް އޭ 380 މަރުކާގެ މަތިންދާބޯޓް ތަކަށްވެސް އެ ރަންވޭ މިހާރު ބޭނުންކުރެވޭނެއެވެ.
މިއަދު އޮންލައިން