ދިވެހި ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތައް ކޮލޮމްބޯގެ ރަޓަމަލާނާ އެއަރޕޯޓަށް އަންނަ މެއި މަހު ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.
އައިލެންޑް އޭވޮއޭޝަނުން ބުނީ ދަތުރުތައް ފެށޭނެވަރަށް ތައްޔާރީތައް ވަމުންދާކަމަށާއި އެންމެ ފުރަތަމަ ކުރުމަށް ނިންމާފައިވަނީ ހަފްތާއަކު ތިން ދަތުރު ނަމަވެސް ތަރުހީބު އިތުރުވަމުންދާ ވަރަކަށް ދަތުރުތައް އިތުރުކުރާނެކަމަށެވެ.
މޯލްޑިވިއަންއަށް ލަންކާއަށް ދަތުރުކުރުމުގެ ފުރުސަތު ހޯދައިދީފައިވަނީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު އެޤައުމަށް ކުރެއްވި ދަތުރުފުޅެއްގައެވެ.
ރަޓަމަލާނާ އެއަރޕޯޓަށް ދަތުރުތައް ފަށާއިރު، ދިވެހި ސްޓާފުން ލަންކާގައި ބޭތިއްބުމަށް ނިންމާފައިވާކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.