ބީއެމްއެލްގެ 819 އެކައުންޓެއް ބަންދުކުރަނީ..

ކިޔުމަށް ހޭދަވާނީ 1މ 2ސ
ބީއެމްއެލްގެ 819 އެކައުންޓެއް ބަންދުކުރަނީ..
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 819 އެކަންޓެއް ބަންދުކުރަން ނިންމާފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ މިއީ ވިދިވިދިގެން 5 އަހަރު ދުވަސްވަންދެން، ބޭނުންނުކޮށް ނުވަތަ މުޢާމަލާތެއް ނުހިންގާ ހުރި އެކައުންޓުތައް ކަމަށެވެ. އަދި ބަންދުކުރަން ނިންމާފައިވާ ވެރިފަރާތްތަކަށް އެ އެކައުންޓްތަކާއިމެދު ޢަމަލުކުރަންވީ ގޮތެއް ޖޫން 8 ވާ ބްރާސްފަތި ދުވަހުގެ ކުރިން އެ ބޭންކަށް އެންގުމަށް މުހްލަތުދީފައިވާ ކަމަށާއި އެ އެކައުންޓްތަކަކީ ފާއިތުވި 5 އަހަރު އެއްވެސް މުޢާމަލާތެއް ހިންގާފައިވާކަމުގެ ރެކޯޑްސް އެ ބޭންކުން ފެންނަން ނެތް އެކައުންޓުތައް ކަމަށްވެސް ބުންޏެވެ.

ބީއެމްއެލް އިން ބުނީ އެ ކަސްޓަމަރުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބިއްޖެނަމަ، ބޭންކުން އެފަރާތްތަކުގެ ނަން ޑޯމަންޓް އެކައުންޓް ލިސްޓުގައި ހިމަނައި، ގެޒެޓުގައި ޝާއިއުކުރުމަށްފަހު، ޝާއިއު ކުރެވޭތާ 60 ދުވަސްފަހުން އެ އެކައުންޓްތައް ބަންދުކޮށް، އެކައުންޓުތަކުގައިވާ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހަވާލު ކުރުމުގެ ގާނޫނީ ބާރު އެ ބޭންކަށް ލިބިގެންވާ ކަމަށެވެ.

މިއަދު އޮންލައިން