ދުބާއީގައި މިމަހު އޮންނަ އަރަބިއަން މާކެޓުގައި މަޓާޓޯ އިން ބައިވެރިވުމަށް ނިންމައިފި

ކިޔުމަށް ހޭދަވާނީ 1މ 5ސ
ދުބާއީގައި މިމަހު އޮންނަ އަރަބިއަން މާކެޓުގައި މަޓާޓޯ އިން ބައިވެރިވުމަށް ނިންމައިފި
މި މަހު އޮންނަ އަރަބިއަން މާކެޓުގައި މޯލްޑިވްސް އެސޯއިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން ބައިވެރިވުމަށް ނިންމައިފިއެވެ.

މެދު އިރުމަތީގެ އިންބައުންޑް އަދި އައުޓްބައުންޑް ޓޫރިޒަމް މާކެޓަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވާ "އަރަބިއަން ޓްރެވަލް މާކެޓު" އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއި ގައެވެ.

ދުބާއީ އިންޓަރނޭޝަނަލް އެންޑް ކޮންވެންޝަން ސެންޓަރުގައި ބާއްވާ މި އަހަރު ބާއްވާ ފެއާރއަކީ އަރަބިއަން ޓްރެވަލް މާކެޓުގެ 23 ވަނަ ފެއާރއެވެ.

ދިވެހި 9 ކުންފުންޏަކާއެކު މަޓާޓޯ އިން އެ ފެއާގައި ބައިވެރިވާ އިރު، ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބޭއްވި ރިޔާދު ޓްރެވަލް ފެއާރގައިވެސް މަޓާޓޯގެ ފަރާތުން ދިވެހި ކުންފުންނެއް ވަނީ ބައިވެރިވެފައެވެ. އަދި އެ ފެއރާގައި ރާއްޖެއަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށްވެސް މަޓާޓޯ އިން ބުންޏެވެ.

އަރަބިއަން ޓްރެވަލް ފެއާރއަކީ މެދުއިރުމަތީގެ ޓްރެވަލް އިންޑަސްޓްރީ އެއްތަންކޮށް، ހުރި ފުރުޞަތުތަކާއި މަންޒިލްތަކާ ބެހޭ މަޢުލޫމާތު ހިއްސާ ކުރުމަށް ބާއްވާ ފެއާރއެކެވެ.

މިއަަހރުގެ ފެއާރ އިންތިޒާމު ކުރަނީ "ރީޑް އެކްޒިބިޓަރސް" އިންނެވެ.
މިއަދު އޮންލައިން