އަހަރަކު 10 މިލިއަނަށްވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޓެކްސްގެ ޖޫރިމަނާ މަޢާފުކޮށްދެނީ..

ކިޔުމަށް ހޭދަވާނީ 44ސ
އަހަރަކު 10 މިލިއަނަށްވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޓެކްސްގެ ޖޫރިމަނާ މަޢާފުކޮށްދެނީ..
އަހަރަކު 10 މިލިއަނަށްވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޓެކްސްގެ ޖޫރިމަނާ މަޢާފުކޮށްދިނުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފިއެވެ.

އެ އޮތޯރިޓީން ބުނީ ކުދި ވިޔަފާރިތަކުން މިދިޔަ މަހުގެ ނިޔަލަށް ދައްކަންޖެހޭ ޓެކްސް ޖޫރިމަނާތައް މަޢާފު ކޮށްދޭން ނިންމާފައިވާ ކަމަށާއި އެގޮތުން މަޢާފުކޮށްދޭން ނިންމާފައިވަނީ އަހަރަކު 10 މިލިއަނަށް ވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ދައްކަންޖެހޭ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އާއި ޖީއެސްޓީއާ ގުޅިގެން އަރާފައިވާ ޖޫރިމަނާތައް ކަމަށެވެ. އަދި އެގޮތުންވެސް މަޢާފު ކޮށްދޭނީ މިދިޔަ މަހުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތައް ކަމަށެވެ.

ޖޫރިމަނާ މާފުކުރަން ބޭނުން ނަމަ އެކަމަށް ޚާއްސަ ފޯމެއް ފުރިހަމަކޮށް، މީރާ އަށް ހުށަހަޅަން ޖެހޭ އިރު، ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ.
މިއަދު އޮންލައިން